އައްޑޫސިޓީން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާއްމުކޮށްފި

އައްޑޫސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުންގެ ވަނަވަރު ފުލުހުން އާއްމުކޮށްފިއެވެ.
ފުލުހުން މިއަދު ވަނީ އައްޑޫސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ އިސްމީހުން ހައްޔަރުކޮށްފައިވާކަން ހާމަކޮށްފައެވެ. މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކޮށްއުޅޭ އެމީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ތެރެއިންނެވެ. އެމީހުން ފުލުހުން ހައްޔަރުކުރީ މިމަހުގެ 3 ވަނަ ދުވަހުއެވެ.
އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ / ކޮންމުލި، ޢަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާޙް، ހާފިޡު ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުޙައްމަދު (23އ) އެވެ. 
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ޖަހާފައިވާކަމަށެވެ. އަދި ޙަސަން އަލްފާފް އާއި އަމީން މުޙައްމަދަށް 5 ދުވަހުގެ މުއްދަތެއް ޖަހާފައިވާކަންވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ އިންވެސްޓިގޭޝަނެއް މިއަހަރުގެ މާޗްމަހުގެ ތެރޭގައި ފުލުހުން ފަށާފައިވާކަމަށެވެ. މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ގެންގޮސްފައިވާއިރު، ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ