އެމްއައިބީން ދެ ސާވިސް ސެންޓަރާއި ސޭލްސް ސެންޓަރެއް ހުޅުވައިފި އެމްއައިބީން ދެ ސާވިސް ސެންޓަރާއި ސޭލްސް ސެންޓަރެއް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހއ. އަތޮޅުގައި ހިދުމަތް ފުޅާކޮށް ރ. އަތޮޅުގައި ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
އެމްއައިބީން ހއ. އިހަވަންދޫގައި އޭޓީއެމް ބަހައްޓައި ހއ. އަތޮޅަށް ދެމުންގެންދާ ހިދުމަތް ވަނީ ފުޅާކޮށްފަ އެވެ. އެ އޭޓީއެމް އިހަވަންދޫގައި ހުޅުވުމާއެކު ފަސޭހަކަމާއެކު ފައިސާ ނަގައި ޖަމާ ކުރެވޭނެ އެވެ.
އެމްއައިބީން ވަނީ މީގެ ކުރިން ހއ. ދިއްދޫގައި ސޭލްސް ސެންޓަރެއް ހުޅުވައިފަ އެވެ.
އެމްއައިބީން މިއަދު ވަނީ އެ ބޭންކުގެ ހިދުމަތް ރ. އަތޮޅަށް ވެސް ފުޅާކޮށްފަ އެވެ. އެގޮތުން ރ. އުނގޫފާރުގައި އެ ބޭންކުގެ ސޭލްސް ސެންޓަރެއް ހުޅުވައި ބޭންކުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ވަނީ ގާއިމުކޮށްފަ އެވެ.
މީގެއިތުރުން އުނގޫފާރުގައި ގާއިމުކުރި އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތާއި މުވައްޒަފުން މެދުވެރިކޮށް ހިދުމަތްތަކަށް އެދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
އެމްއައިބީން ވަނީ ރ. އުނގޫފާރުގެ އިތުރުން ރ. ހުޅުދުއްފާރަށް އެ ބޭންކުގެ ހިދުމަތް ފުޅާކޮށްފަ އެވެ. އެ ރަށުގައި ގާއިމުކުރި އޭޓީއެމާއެކު ރަށުން ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް ލިބޭނެ އެވެ.
އެމްއައިބީއިން ދަނީ އެބޭންކުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުންނެވެ. އެ ބޭންކުން ދޭ ހިދުމަތްތަކަކީ އޮންލައިންކޮށް ލިބޭ ހިދުމަތްތަކެއްކަން ފާހަގަކުރެވެ އެވެ.
ބޭންކަށް ނުގޮސް ވަގުތުން އެކައުންޓް ހުޅުވުމާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވަގުތުން އެހެން ބޭންކުތަކަށް ފަވަރަ މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިތުރަށް ކާޑު ނުލާ ޖަމާކުރުމުގެ ހިދުމަތްވެސް އެމްއައިބީން ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ