އޮޑިޓާ ޖެނެރަލްގެ އޮފީހަށް 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންނަ އަހަރަށް 114.4 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި ބަޖެޓަށް މާލިއްޔަތު ކޮމިޓީން ގެނައި ބަދަލުތަކާ އެކު, ޖުމްލަ 114،497،312 ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް ނިންމި ނިންމުމުގެ ރިޕޯޓް އިއްވަވާފައެވެ. 
އޭގެ ތެރެއިން ރިކަރަންޓު ޚަރަދުގެ ޖުމުލައަކީ 80 މިލިއަން ރުފިޔާއެވެ.
Advertisement
މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ އެއްގޮތަށް އޮޑިޓް އޮފީހުގެ ބަޖެޓު ފާސްކުރަން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން 75 މެންބަރުން ވަނީ، މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ގޮތަށް އިތުރު އެއްވެސް ބަދަލެއް ނުގެނެސް އެ ބަޖެޓް ފާސްކުރަން ވޯޓް ދީފައެވެ. 
މަޖިލީހަށް މިއަދު އެ ބަޖެޓު ހުށަހެޅުމުން މަޖިލީހުގެ ތަޅުމުގައި ވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓާ ގުޅޭ ގޮތުން ބަހުސްކުރެއްވީ މަދު މެންބަރުން ކަމަށް ވާއިރު އިދިކޮޅު އެމްޑީޕީންވެސް ވަނީ މާލިއއޔަތު ކޮމިޓީގެ ނިންމުމަށް ތާއީދު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ