ހއ.ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް، ހިންގާނެ ބަޔަކު ހޯދަނީ

ހއ.ބާރަށުގައި ބާރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ ގޮތުން، އެރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ހުޅުވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިއަދު ވަނީ، ބާރަށު ކައުންސިލާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ބާރަށުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ޓޫރިސްޓް ހޮޓަލުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި އެއްބަސްވުމުގެ ދަށުން ޓޫރިޒަމް މިނިސްޓްރީން ވިލަރެސްކުރާ ގޮތަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ބާރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ 71,832 އަކަފޫޓުގެ ބިމެއްގައި ކަމަށެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްފަހު، ބީލަން ހުށަހެޅުމަށް ދީފައިވާ ތާރީހަކީ މިއަހަރުގެ ޑިސެމްބަރުމަހުގެ 5 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށެވެ.
Advertisement
މިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު، އިބްރާހިމް ފައިސަލް ވިދާޅުވީ، ބ.ރަށުގައި ޓޫރިސްޓް ހޮޓާ ތަރައްޤީކުރުމުގެ މަޝްރޫޢު ވެގެންދާނީ ހއ އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މުހިއްމު މަޝްރޫޢުއަކަށެވެ. މި މަޝްރޫޢުގެ ސަބަބުން ބޮޑުތިލަދުއްމަތީގައި ޓޫރިޒަމް އެނދުތައް އިތުރުވެގެންދާނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް މި މަޝްރޫޢުއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑުވެެގެންދާނޭ ކަމަށާއި، މިއީ ގުދުރަތީގޮތުންވެސް ހާއްސަ ސަރަހައްދެއ ްކަމަށެވެ.
ހއ ބާރަށަކީ ގުދުރަތީ ވަރަށްގިނަ ސިފަތަކެއް ލިބިގެންވާ ވަރަށް ތާރީހީ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ