ޖަވާބުދާރީވާން ސާހިލް އުޒުރުވެރިވުމުން ދައުވާތަކަށް އިންކާރު ކުރި ކަމަށް ނިންމައިފި

އަދި، ދިފާއީ ހެކި ހުށަހެޅުމަށް ގާޒީ ވަނީ ސާހިލްއަށް ފުރުސަތު ދެއްވާފަ އެވެ. ނަމަވެސް ދިފާއީ އެއްވެސް ހެއްކެއް ނެތް ކަމަށް ސާހިލް ވަނީ ބުނެފަ އެވެ.
ހ. ޝީރީންވިލާގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ނިލަންދޫ، ފިނިފެންމާގެ، އަލީ ސާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ޖަވާބުދާރީވުމަށް އުޒުރުވެރިވާ ކަމަށް އޭނާ ކޯޓުގައި ބުނެފި އެވެ.
ސާހިލްގެ މައްޗަށް މި މައްސަލައިގައި ފަސް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. ދެ ދައުވާގެ ތަފްސީލް ވަނީ ސިއްރުކޮށްފަ އެވެ.ސިއްރުކޮށްގެން ކުރިއަށް ގެންދާ މި މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ބާއްވާފަ އެވެ. މިއަދުގެ އަޑުއެހުމުގައި ކަން ހިނގާދިޔަ ގޮތް ހިއްސާކުރަމުން ކޯޓުން ބުނީ ފަސް ދައުވާއަށް ޖަވާބުދާރީވާން އެންގުމުން ވަކި ޖަވާބެއް ދިނުމަށް ސާހިލް އުޒުރުވެރިވާކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން ގާޒީ ވަނީ ދައުވާތަކަށް އިންކާރު ކުރާކަމަށް ކަނޑައަޅާފަ އެވެ.އަދި، ދިފާއީ ހެކި ހުށަހެޅުމަށް ގާޒީ ވަނީ ސާހިލްއަށް ފުރުސަތު ދެއްވާފަ އެވެ. ނަމަވެސް ދިފާއީ އެއްވެސް ހެއްކެއް ނެތް ކަމަށް ސާހިލް ވަނީ ބުނެފަ އެވެ.ކޯޓުން ބުނީ، މި އަޑުއެހުމުގައި އޭނާ ތަހުގީގަށް ދީފައިވާ ބަޔާންތައް ޝަރީއަތަށް ބަލައިނުގަތުމަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ބަޔާންތަކަށް އޭނާ އިންކާރު ކުރާ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ. އެ ހުށަހެޅުމާ ގުޅިގެން ވަކި ގޮތެއް ނިންމި ކަމެއް ނޭންގެ އެވެ. އޭނާ ވަނީ ތަހުގީގުގައި ހަނު ހުރެފަ އެވެ. 
ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ދައުލަތުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިންގެ ހެކިބަސް ސިއްރުން ނަގައިދިނުމަށް ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ސިއްރު ހެކިން ހިމެނޭ ތިން ދައުވާގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދައުލަތަށް މިއަދުގެ އަޑުއެހުމުގައި ފުރުސަތު ދީފައިވާ ކަމަށް ވެސް ކޯޓުން މައުލޫމާތު ދީފައިވެ އެވެ.ސާހިލްގެ މައްޗަށް ކޮށްފައިވާ މަސްތުވާތަކެއްޗާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިބްތިދާއީ މަރުހަލާ މިއަދު ވަނީ ނިންމާފަ އެވެ. އެ ދެ ދައުވާގައި ދެން އޮންނާނީ އިފްތިތާހީ ބަޔާން ހުށަހަޅައި ހެކިބަސް ނެގުމެވެ.މި މައްސަލައިގައި މީގެ ކުރިން އޮތް އަޑުއެހުމުގައި ސާހިލްގެ ދިފާއީ ވަކީލް ވަނީ މައްސަލައިން ތަނާޒުލްވެފަ އެވެ. އޭނާ ވަނީ އަމިއްލައަށް ދައުވާ ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. މީގެ ކުރިން ދައުލަތުން ހަމަޖައްސައިދިން ވަކީލަކު ވެސް ވަނީ ތަނާޒުލް ވެފަ އެވެ. މައްސަލައަކަށްވީ ވަކީލާ ވެސް އަދި ޝަރީއަތުގައި ވެސް ސާހިލް ވާހަކަ ނުދެއްކުމެވެ. ތަހުގީގުގައި ވެސް އޭނާ ހުރީ ހަނެވެ.އޯގަސްޓު 6، 2022 ގައި ޝިއާއު މަރާލާފައި ވަނީ ސާހިލް ކަމަށް ތުހުމަތުކޮށް އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ