އިމްރާންގެ އާދޭސް: ހުރިހާ ބޭފުޅުން ނިކުންނަވާ ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވާ!

ދިވެހި ހުރިހާ ރައްޔިތުން ނިކުންނަވާ ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވުމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله އެދިލައްވައިފިއެވެ. 
ޢިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިނަމަ މުޅި ޤައުމު ހިތާމައިގެ ފުން ކަނޑަކަށް ޣަރަގު ވުމުގެ ފުރުސަތު އެތައްގޮތަކުން ވަރަށްބޮޑު ކަމަށް ވިދާޅުވެފައެވެ. 
އެހެންކަމުން، ޤައުމާއި ރައްޔިތުންނަށް ހެޔޮއެދޭ އެންމެހާ ބޭފުޅުން ނުކުމެ މި ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވުމަށް ޢިމްރާން ވަނީ އެދިލައްވާފައެވެ. 
Advertisement
"ޤައުމާއި ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ އެންމެހާ ބޭފުޅުން! މި އިންތިޚާބު ޑރ މުއިއްޒު ކާމިޔާބު ކޮށްފި ނަމަ މުޅި ޤައުމު ހިތާމައިގެ ފުން ކަނޑަކަށް ޤަރަގު ވުމުގެ ފުރުސަތު އެތައްގޮތަކުން ވަރަށްބޮޑު. ހުރިހާ ބޭފުޅުން ނިކުންނަވާ ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވާ!" ޢިމްރާން ވިދާޅުވި އެވެ.
މުޢިއްޒު ވެރިކަމަށް އަތުވެއްޖެނަމަ އަނިޔާވެރިކަން އެނބުރި އަންނޭ ކަމަށް ބުނެ، އެމްޑީޕީ އާއި ކޯލިޝަންގައި ހިމެނޭ ޕާޓީ ތަކުގެ އެކްޓިވިސްޓުން ބުނަމުންދާއިރު، އެ ވާހަކަތަކަށް ރައްދު ދެއްވައި ކެންޕެއިންގެ ތެރެއިން ވާހަކަދައްކަވަމުން މުޢިއްޒު ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަނީ އަނިޔާވެރިކަން ނިމުމަކަށް ގެންނެވުމަށް ކަމަށް ވިދާޅުވެފައެވެ. 
"އަޅުގަނޑުމެންގެ ސަރުކާރުވާނީ ރައްޔިތުން އެދޭފަދަ އިންސާފުވެރި ޢަދުލުވެރި އަނިޔާވެރިކަން ނިމުމަކަށް ގެނުވިފައިވާ ހިތްހަމަޖެހުމާއި އުފަލާއިއެކު ދިރިއުޅުން އާރާސްތުކުރެވޭ ވެރިކަމަކަށް." ޑރ. މުޢިއްޒު ވިދާޅުވިއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ