އަހުމަދިއްޔާ ސްކޫލް އިމާރާތެއް ހުޅުމާލެއަށް

މައްޗަންގޮޅީ އަވަށު މަދަރުސާގެ ގޮތުގައި 1982 ގައި ފެށި އެ ސްކޫލަށް މިހާރު 41 އަހަރު ވެއްޖެ އެވެ. އެއީ ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12 އާއި ހަމައަށް މާލޭގައި ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.
އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އިމާރާތެއް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެޅުމަށް ބޭނުންވާ ބިން ހަމަޖައްސައިފި އެވެ.
އަހްމަދިއްޔާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސްކޫލް އިމާރާތެއް އެޅުމަށް ބޭނުންވާ ބިން އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލާ ހަވާލުކޮށްފަ އެވެ.އެ ރަސްމިއްޔާތުގައި ސްކޫލާ ބިން ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. ބިމާ ހަވާލުވެވަޑައިގަތީ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދެވެ.މައްޗަންގޮޅީ އަވަށު މަދަރުސާގެ ގޮތުގައި 1982 ގައި ފެށި އެ ސްކޫލަށް މިހާރު 41 އަހަރު ވެއްޖެ އެވެ. އެއީ ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12 އާއި ހަމައަށް މާލޭގައި ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކޮށްދެއްވާނެ ކަމަށް މިދިޔަ އަހަރު އެ ސްކޫލަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.ރައީސް އެދުވަހު ވިދާޅުވީ ސްކޫލުގައި އިތުރު ހަރަކާތްތައް ހިންގާނެ ޖާގަ ނެތުމުން އެކަމަށް ހައްލެއް ގެނެސްދިނުމަށް ސްކޫލުގެ ފަރާތުން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަށް ވެދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ވެދިނުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ