ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އިނގިރޭސި ރަސްގެފާނާއި، ސަރުކާރުގެ އިސްވެރިންނާއި، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި ރާއްޖޭގެ ހާލަތު ބަޔާންކޮށްދެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ދިވެހި މަހުގެ އުފެއްދުންތަކުން ޑިއުޓީ ކަނޑާލުމާ ގުޅޭގޮތުންނެވެ.
މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ޑިއުޓީ ކަނޑާލުމަށް ތިން ގޮތަކަށް މަޝްވަރާ ކުރެވުނު ކަމަށެވެ. އޭގެ ތެރޭގައި މިހާރުން މިހާރަށް ޑިއުޓީ ނުދައްކާނެ ގޮތެއް ހޯދުމާއި، 'ޖެނެރަލައިޒްޑް ޕްރިފަރެންޝަލް އެރޭންޖްމަންޓެއް' ގެނައުމާއި، އަދި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވޭ 'ކޮމްޕްރިހެންސިވް އެރޭންޖްމަންޓެއް' މެދުވެރިކޮށް ޑިއުޓީ މަޢާފްކުރުން ހިމެނެއެވެ.
އިނގިރޭސިވިލާތުން މިވަގުތު ޑިއުޓީ މަޢާފްކުރީ އެ ޤައުމުގެ ހާލަތަށް ރިޢާޔަތްކޮށް ވަގުތީ ގޮތުން ކަމަށްވީ ނަމަވެސް، ރާއްޖޭގެ އަމާޒަކީ ދާއިމީ ހައްލެއް ހޯދުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ނިންމުމަކީ ސަރުކާރުން ކުރިއަށް ގެންދެވި މަޝްވަރާތަކުގެ ނަތީޖާ ކަމަށާއި، މީގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި މަސްވެރިކަމުގެ ސިނާޢަތަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ.
ޓެރިފް ދާއިމަށް ކަނޑައިލަން އިނގިރޭސި ސަރުކާރާއެކު މަޝްވަރާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ