ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މީހާ ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައީސް މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ އެވެ. މި މައްސަލައިގައި ފުލުހުން އޭނާ ހޯދަމުން ދަނިކޮށް އަމިއްލައަށް ފުލުހުންނާ ހަވާލުވެފައިވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން، ބަންދަށް ކޯޓުން އެންމެ ފުރަތަމަ ދިނީ 30 ދުވަހެވެ. 30 ދުވަސް ހަމަވުމުން ބަންދު މުއްދަތު އިތުރުނުކޮށް އޭނަ ވަނީ ދޫކޮށްލާފައެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހަތިޔާރަކުން ހަމަލާދިންކަަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުގައި ހުއްޓައި މިމަހުގެ ހަވަނަ ދުވަހު އިބްރާހިމް އަބްދުﷲ ބަންދުން ދޫކޮށްލި މައްސަލަ 9 ޖުލައިގައި ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަމަށެވެ.
ހަބީބީ ކެފޭ އެންޑް ބިސްޓްރޯގެ ތެރޭގައި ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައިވަނީ މެއި މަހުގެ އެއްވަނަ ދުވަހުގައެވެ.
މެމްބަރު ޒަރީރަށް ހަމަލާދިން މީހާ ދޫކޮށްލި މައްސަލަ އިސްތިއުނާފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ