ބައެއް ކެންޑިޑޭޓުން ހުދުމުހުތާރު ވެރިކަމެއް ކުރަން ބޭނުންވާހެން ހީވޭ: ރައީސް މައުމޫން

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ވާހަކަ ދައްކަވާއިރު ހީވަނީ ހުދުމުހުތާރުވެރިކަމެއް ކުރަން ބޭނުންވާހެން ކަމަށް  ދިގު 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސްއަލްއުސްތާޒު މައުމޫން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކޭންޑިޑޭޓުން  ވާހަކަ ފުޅު ދައްކަވާއިރު  ހީވަނީ  ޚުދު  މުޚުތާރު ވެރިކަމެއް  ކުރައްވަން  ބޭނުންފުޅު  ވާހެން.  ވަގުތުން މިވެނި  ކަމެއް  ކުރައްވާނަމޭ  ވަގުތުންމިވެނި  ކަމެއް  ހުއްޓުވާނަމޭ.  ކޮބައިތޯ  ޤާނޫނު؟  ކޮބައިތޯ  ޑިއު  ޕްރޮސެސް؟“
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި މިވަނީ، ސުކޫލުތަކުގެ ބޮޑު ޗުއްޓީ ކުރިން އޮތްގޮތަށް ޑިސެމްބަރަށް ބަދަލުކުރައްވާނެ ކަމަށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެކަމާ ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރަމުން ދާ ދަނޑިވަޅެއްގައެވެ.
ޑރ. މުއިއްޒު ވިދާޅުވެފައިވަނީ މިކަމާއި ގުޅިގެން ރިސޯޓްތަކުގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށާއި މިރޭ ފ. ނިލަންދޫގައި އެކަން ކުރާބެ ގޮތް އިއުލާނު ކުރައްވާނެ ކަަމަށެވެ.
ރައީސް މައުމޫނަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކެންޑިޑޭޓުން ދައްކަވާ ވާހަކަފުޅުތަކަށް އާންމުކޮށް ’ރިއެކްޓް‘ ކުރައްވާ ބޭފުޅެއް ނޫނެވެ.
މި އިންތިހާބުގައި ރައީސް މައުމޫނުގެ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ނަމުގައި ކެންޑިޑޭޓެއް ނިކުންނަވާފައެއް ނުވެއެވެ. އެހެންނަމަވެސް އެ ޕާޓީގެ ރައީސް އަދި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އަމިއްލަ ގޮތުން މި އިންތިހާބުގައި ވާދަ ކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ