ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ގ. މޫންލައިޓްވިޔު، މުހައްމަދު އުމައިރު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. އުމައިރާއެކު ލ. ދަނބިދޫ މާޝާ އިބްރާއީމް ވެސް ވަނީ ހައްޔަރުކޮށް ފައެވެ.
އަންގާރަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މުހައްމަދު އުމައިރު، ގ. މޫންލައިޓްވިޔު، 58، އާއި މާޝާ އިބްރާހިމް، ލ. ދަނބިދޫ، 38، ކުރިއުރު އެމީހުންގެ އަތުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންނެއެވެ.
މާލެއިން އެ ދެ މީހުން ހައްޔަރުކޮށް އެޕާޓްމެންޓް ބަލާ ފާސްކުރިއިރު މަސްތުވާ ތަކެއްޗާއެކު ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ މީހުން އަތުން ފެނުނީ ކޮން ބާވަތެއްގެ މަސްތުވާ އެއްޗެއް ކަމެއް ފުލުހުން ނުބުނެއެވެ.
މައްސަލައިގައި އެ ދެމީހުުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އުމައިރަކީ މަސްތުވާތަކެތި ބޭނުންކޮށް ވިއްކުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާއަކީ މަސްތުވާތަކެއްޗާއި ގުޅޭ ގިނަ ހުކުމްތަކެއް ތަންފީޒު ކުރެވިފައިވާ ކަމުގެ ރެކޯޑްވެސް އޮންނަ މީހެކެވެ.
މަސްތުވާތަކެއްޗާއެކު އުމައިރު އަނެއްކާވެސް ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ