ރައީސް ސާލިހް ހެންވޭރު މެދު އަދި ހުޅަނގު ރައްޔިތުން ގާތަށް ދޮރުން ދޮރަށް

ރައީސް  އިބްރާހިމް  މުހައްމަދު  ސާލިހް،  މާލޭގެ ހެންވޭރު މެދު އަދި ހުޅަނގު ރައްޔިތުން ގާތަށް ދޮރުން ދޮރަށް ޒިޔާރަތްކުރައްވައިފިއެވެ.
ރިޔާސީ އިންތިހާބްގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރައީސް ހެންވޭރު މެދާއި ހުޅަނގުގައި ދިރިއުޅުއްވާ ރައްޔިތުންގެ އަރިހަށް ވަޑައިގެންނެވީ މިއަދު ހަވީރެވެ.
ރައީސް ވަނީ އިއްޔެ ހެންވޭރު އުތުރާއި ދެކުނުގެ ބައެއް ގޭގެއަށް، "ދޮރުން ދޮރަށް" ކެމްޕެއިނަށް ވަޑައިގަންނަވައިފައެވެ.
ހެންވޭރު އުތުރާއި ދެކުނުގެ ބައެއް ގޭގެއަށް، ހޯމަ ދުވަހު "ދޮރުން ދޮރަށް" ކެމްޕެއިނަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލުތަކަށް ޚާއްސަ މިނިސްޓްރީއެއް އުފެއްދުމުގެ ވާހަކަ މުއިއްޒު ދެއްކެވުމަކީ ބިރުވެރި ވާހަކައެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ