ސިއްހީ، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ޝަކުވާއަށް ހައްލެއް

ސިއްހީ ދާއިރާއާ ތައުލީމީ ދާއިރާގެ މުވައްޒިފުންގެ މުސާރައާ ގުޅޭގޮތުން ހުށައެޅިފައިވާ މައްސަލަތަކާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ މުހިންމު ނިންމެވުންތަކެއް މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުންތައް ނިންމަވާފައިވަނީ މި މައްސަލަތަކާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މުހިންމު މަސައްކަތްތަކުގައި އުޅުއްވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އަދި ޓީޗަތުންނަށް ދަތިތަކެއް ކުރިމަތިވަމުންދާކަމަށް އެމަނިކުފާނަށް ޤަބޫލުފުޅުކުރެއްވޭތީ ކަމަށެވެ. އަދި އެކަންކަމަށް ރިޢާޔަތްކުރެއްވުމާއެކު، މި ދާއިރާތަކުގެ އެކި ބޭފުޅުންނާއި މަޝްވަރާކުރައްވާ އެ ބޭފުޅުންގެ ލަފަޔާ އިރުޝާދުގެ މަތިން ކަމަށެވެ.
އެގޮތުން 1 މެއި 2023 ގައި ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ނުލިބޭގޮތަށް އޮތްއޮތުން ބަދަލުކޮށް، ފިނޭންސް މިނިސްޓްރީއާއި މަޝްވަރާކުރެއްވުމަށްފަހު، މެޑިކަލް އޮފިސަރުންނަށް މި އެލަވަންސް ލިބޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފަ އެވެ.
އަދި ނަރުހުންގެ މުސާރައަަށް ގެނެވުނު ބަދަލާއެކު އައިޖީއެމްއެޗް ގައި މަސައްކަތް ކުރާ ނަރުހުންގެ ފަރާތުން ލިބިފައިވާ ޕެޓިޝަން ދިރާސާ ކުރުމާއެކު ސިވިލްސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށް އެ މައްސަލަތަކަށް ވެސް ރައީސް ވަނީ ހައްލު ހޯއްދަަވައި ދެއްވާފައެވެ. އެގޮތުން ރަސްމީ ބަންދު ދުވަސްތަކުައި މަސައްކަތް ކުރާ ނަރުހުންނަށް އެޓެންޑަސް އެލަވަންސް ލިބޭނެ ގޮތާއި ސިއްހީ ފަރުވާދޭ ތަންތަނުގައި މަސައްކަތް ކުރާ ނަން-ކްލިނިކަލް ނަރުހުން ކްލިނިކަލް ނަރުހުންނަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ. އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލާ އައު އޮނިގަނޑުގެ ދަށުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލު ނާންނަ ނަރުހުންގެ މަގާމު ދަށް ނުކޮށް ކުރީން ތިބި މަގާމުތަކުގައި ބެހެއްޓުމަށް ވެސް ވަނީ ނިންމަވާފަ އެވެ.
މީގެ އިތުރުން 2018 ގައި ކިޔެވުމަށް ގްރޭސް ޕީރިއަޑް ދީފައިވާ ނަރުހުންގެ ގްރޭސް ޕީރިޑް 2026 އަށް އިތުުރު ކުރުމާއި އާ އޮނިގަނޑަށް ހިޖުރަކުރުމުގައި މައްސަލަ ދިމާވެފައިވާ ކަމަށް ފާހަގަވެފައިވާ ނުވަ ނަރުުހުންގެ މައްސަލަ ހައްލު ކުރުމާއި އާ އޮނިގަނޑުގެ ދަށުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލު ނާންނަ ނަރުހުންގެ މަގާމުގައި ބޭތިއްބުމަށް ގެންނަން ޖެހޭ ބަދަލު ޕޭ ކޮމިޝަނުން ގެންނެވުމުން އެ ނަރުހުންނަށް އިތުރަށް ކިޔެވުމުގެ ޝަރުތު ކުުރުމަށް ފަހު ކުރީން ތިބި މަގާމަށް ބަދަލު ކުރަން ވެސް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ