ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އިންތިހާބުގައި ވާދަ ނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ޕީޕީއެމުން އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ނެރުމަށް އިތުރު ވަގުތު ދިނުމަށް ޔާމީންގެ ފަރާތުން ސުޕްރީމު ކޯޓުުން އަމުރެއް ނެރެ ދިނުމަށް އެދުނު އެދުމާ މެދު ގޮތެއް ނުނިންމައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
މައްސަލައިގެ ފެށުން - މިދިޔަ ހުކުރު ދުވަހު ބޭއްވި ޔާމީންގެ މައްސަލައިގެ އަޑު އެހުމުގައި ޔާމީންގެ ފަރާތުން ވަނީ ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ނަމަ، ޕީޕީއެމްގެ ފަރާތުން އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ހަމަޖެއްސުމަށް އިތުރު ވަގުތު ދިނުމަށް އެދިފަ އެވެ.
އެހެން ނަމަވެސް އީސީއިން ވަނީ އެގޮތަށް ވަގުތު އިތުރުކޮށް ދިނުމާ ކޯޓްގައި ދެކޮޅު ހަދައިފަ އެވެ. އީސީގެ ސެކްރެޓަރީ ޖެނެރަލް ސުޕްރީމް ކޯޓުގައި ވިދާޅުވެފައި ވަނީ:
އެގޮތަށް މުއްދަތު އިތުރު ކުރާ ނަމަ މިހާރު އިއުލާންކޮށްފައިވާ ތާރީހުގައި އިންތިހާބު ނުބޭއްވިދާނެ
އަދި އެހެން ކެންޑިޑޭޓުންގެ ކެމްޕޭން ކުރުމާއި އެ މީހުންގެ ހައްގުތަކަށް ވެސް ބުރޫއަރާނެ
ވީ ކިހިނެއް؟ - ޔާމީންގެ ކެންޑިޑެސީ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި ޝަރީއަތުގައި ފަނޑިޔާރު ހުސްނުއް ސުއޫދު އިއްވަވައި ކޯޓުގެ ހަތް ފަނޑިޔާރުން ތާއީދު ކުރެއްވި ރައުޔުގައި އަލިއަޅުވާލައްވާފައި ވަނީ ސާބިތު ދަރަންޏެއް ޔާމީންގެ އޮތް ކަމަށާއި ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ މަނިކުފާނަށް އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމެވުމަށެވެ. ކޯޓްގެ ހުކުމުގައި ހަމައެކަނި ކަނޑައެޅީ އެ ނިންމުން ރަނގަޅު ކަމަށެވެ.
އެހެން ނަމަވެސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްދޭން ޔާމީންގެ ފަރާތުން ހުށަހެޅި އަމުރާ ބެހޭ ގޮތުން ފަނޑިޔާރުން ގޮތެއް ނިންމަވާފައެއް ނުވެ އެވެ.
ތަފްސީލް - ޕީޕީއެމްއަށް ކެންޑިޑޭޓެއް ހުށަހަޅަން އިތުރު ވަގުތު ދޭން ސުޕްރީމް ކޯޓުން ނިންމާފައި ނުވާތީ އެ ޕާޓީއިން ވެސް ކެންޑިޑޭޓެއް ހުށަހަޅަން ބޭނުންވާ ނަމަ މާދަމާ މެންދުރު 2 ޖެހުމުގެ ނިޔަލަށް ފުރުސަތު އޮންނާނެ އެވެ.
ފާހަގަކޮށްލެވޭ - އިންތިހާބުގައި ވާދަ ކުރުމަށް އިތުރު ވަގުތު ދިނުމާ ގުޅޭ ގޮތުން ހުކުރު ދުވަހުގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ ޕީޕީއެމްގެ ފަރާތުން އެހެން ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރަން ނަން ހުށަހަޅާފައި ނުވާތީ، ކެންޑިޑެސީ ފޯމް ހުށަހެޅުމަށް މިވަގުތު ހުރަހެއް ނެތް ކަމަށެވެ. އެހެންކަމުން އެ ކެންޑިޑެސީ ބަލައިގަންނާނެ ކަމަށް މަހްފޫޒު ވިދާޅުވި އެވެ.
ކެންޑިޑޭޓަކު ނެރުމަށް ޕީޕީއެމްއަށް އިތުރު ވަގުތު ދޭން ކޯޓުން ނުނިންމި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ