ދީޕިކާއަށް ވުރެ ކުރިން ހޮލީވުޑްގެ 'ވޯކް އޮފް ފޭމް'ގެ ޝަރަފު ހޯދީ އިންޑިއާގެ މި އެކްޓަރު

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯންއަކީ ހޮލީވުޑް "ވޯކް އޮފް ފޭމް"ގެ ޝަރަފު ލިބޭ އިންޑިއާގެ ފުރަތަމަ ފިލްމީ ތަރި ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނާތީ އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން އަންނަނީ ބުނަމުންނެވެ. އިންޑިއާގެ ކާމިޔާބު ބަތަލާ ދީޕިކާ އަކީ "ވޯކް އޮފް ފޭމް"ގެ ޝަރަފު ލިބޭ އެ ގައުމުގެ ފުރަތަމަ ބަތަލާ ނޫން ކަމަށާއި އެ ޝަރަފު މީގެކުރިން އިންޑިއާއަށް ނިސްބަތްވާ ފިލްމީ ތަރިއަކަށް ލިބިފައިވާ ކަމަށް އީޓީވީ ބާރަތުގައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ. އެއީ އިންޑިއާގެ މައިސޫރަށް އުފަން ސަބޫ ދަސްތަގީރު ކަމަށާއި ސަބޫއަށް "ވޯކް އިފް ފޭމް"ގެ ޝަރަފު ދިނީ 1960ގެ އަހަރުތަކުގައި ކަމަށް އީޓީވީ ބާރަތުގައި ބަނީ ބުނެފައެވެ. އިންޑިއާގެ ދެމަފިރިއަކަށް އުފަން ސަބޫއަށް ގިނަ ބައެއްގެ ސަމާލުކަން ލިބި ފިލްމީ ކެރިއަރު ފެށީ އުމުރުން 13 އަހަރުގައެވެ. ސަބޫއަށް ހޮލީވުޑްއިން އެރވި 'ވޯކް އޮފް ފޭމް'ގެ ޝަރަފުގެ ތަރި--ފޮޓޯ/ހިންދުންސްތާންޓައިމްސް އެމެރިކާގެ ފިލްމު އުފެއްދުންތެރިއެއް ކަމަށްވާ ރޮބަޓް ފްލަހަޓީ 1937 ވަނަ އަހަރުގެތޭ އުފެއްދި ޑޮކިއުމެންޓްރީ "އެލެފެންޓް ބޯއި"ގައި ސަބޫ ކުޅުނު އެތް ދުއްވާ މީހެއްގެ ރޯލްއިން ގިނަ ބައެއްގެ ސަމާލުކަން ސަބޫއަށް ލިބުނެވެ. އޭގެފަހުން ބޭރުގެ ގިނަ ފިލްމުތަކުން ސަބޫއަށް ފުރުސަތު ލިބުނުއިރު ހޮލީވުޑްގެ ފެންޓަސީ ޖޯންރާގެ އެންމެ މަގުބޫލު މޫނަކަށް ސަބޫ ވިއެވެ. އޭގެފަހުން އޭނާ ލީޑް ރޯލް ކުޅުނު "ދަ ތީފް އޮފް ބަޣްދާދު"އާ އެކު ސަބޫ އަކީ ވެސްޓަން ސިނަމާގެ 'ނޮން ވައިޓް ފޭސް'ގެ ގޮތުގައި ގިނަބަޔަކު އޭނާ ދަންނަން ފެށިއެވެ. ސަބޫގެ ފިލްމީ ކެރިއަރުގައި ފާހަގަކޮށްލެވޭ މުހިއްމު ފިލްމުތަކުގެތެރޭ "ދަ ޑްރަމް"، "ޖަންގަލް ބުކް"، "އެރޭބިއަން ނައިޓްސް"، "ވައިޓް ސެވެޖް" އަދި "ކޯބްރާ ވުމެން" ހިމެނެއެވެ. އުމުރުގެ ވަރަށް ކުރީކޮޅު އެމެރިކާގެ ރައްޔިތުކަން ހޯދި ސަބޫގެ ފިލްމީ ކެރިއަރު އަޑިގަނޑަކަށް ވެއްޓި ނާކާމިޔާބީގެ ފެށުމެއް އައީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ އަސްކަރިއްޔާގައި ހަރަކާތްތެރިވާން ފެށި ހިސާބުންނެވެ. "ވޯކް އޮފް ފޭމް"ގެ ޝަރަފު ލިބޭނެ ކަމަށް ހޮލީވުޑް ބްރޯޑްކާސްޓް ކޮމިޝަނުން އިއުލާނުކޮށްފައިވާ އިންޑިއާގެ ބަތަލާ ދީޕިކާ ޕަދުކޯން--ފޮޓޯ/ފިލްމުފެއަ ހަނގުރާމައިގެ ދުވަސްވަރު ޔޫރަޕްގެ ފިލްމުތަކުން ފުރުސަތު ލިބުނު ނަމަވެސް އެ ފިލްމުތަކަށް މާބޮޑު ކާމިޔާބީއެއް ހާސިލު ނުކުރެވުނެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ސަބޫއަށް އިންޑިއާގެ ފިލްމު ޑައިރެކްޓަރު މެހެބޫބު ޚާން 1957 ވަނަ އަހަރު އުފެއްދި "މަދަ އިންޑިއާ"އިން ވެސް ފުރުސަތު ލިބުނެވެ. ނަމަވެސް އޭރު އޭނާ އަކީ އެމެރިކާގެ ރައްޔިތަކަށް ވެފައި އިންޑިއާއަށް ދަތުރުކުރުމުގައި ވިސާގެ މައްސަލަތަކެއް ކުރިމަތިވުމުން އެ ފިލްމުން ލިބުނު ފުރުސަތު ސަބޫއަށް ވަނީ ގެއްލިފައެވެ. އުމުރުން 39 އަހަރުގައި ހާޓް އެޓޭކެއްޖެހި ދުނިޔެ ދޫކުރި ސަބޫއަކީ އިންޑިއާގެ ތާރީޚުގައި ހަނދާން ނައްތާލާފައިވާ އެކްޓަރަކަށްވީ ނަމަވެސް އެއީ ހޮލީވުޑްގެ ތާރީޚުގައި އަބަދުގެ އަބަދަށް ލިޔެވިފައިވާ ނަމެކެވެ. ހޮލީވުޑްގެ ތާރީޚުގައި ސަބޫ މަޝްހޫރުކަން ހޯދީ ހަމައެކަނި އޭނާ ކުޅުނު ފިލްމުތަކުން ނޫން ކަމަށާއި ނަމަވެސް "ވޯކް އޮފް ފޭމް"ގެ ޝަރަފު ހޯދި އެންމެ ފުރަތަމަ އިންޑިއާގެ ދަރިކޮޅުގެ މީހެއްގެ ގޮތުގައި ކަމަށް އީޓީވީ ބާރަތުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ބަތަލާ ދީޕިކާ އަކީ މި ޝަރަފު ހޯދި ފުރަތަމަ އިންޑިއާގެ ފިލްމީ ތަރި ނޫން ކަމަށާއި އެ ޝަރަފު ސަބޫ ދަސްތަގީރު މާކުރިން ހޯދާފައިވާތީ ފިލްމު "ޕަތާން"ގެ ބަތަލާ ވަނީ މި ޝަރަފު ހޯދި ދެވަނަ އިންޑިއާގެ ރައްޔިތަށް ކަމަށް އީޓީވީ ބާރަތުގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. ހޮލީވުޑް "ވޯކް އޮފް ފޭމް"އަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ޚިދުމަތްކުރާ ފަންނާނުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ ޝަރަފުގެ ތަރިއެކެވެ. ހޮލީވުޑް ބްރޯޑްކާސްޓިން ކޮމިޝަނުން ދޭ "ވޯކް އޮފް ފޭމް"ގައި ފަންނާނުންނަށް ދޭ ތަރި ބާއްވަނީ އެކަމަށް ޚާއްސަކޮށްފައިވާ އެމެރިކާގެ ލޮސް އެންޖަލިސްގެ މަގެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ