އިއްޔެ ފެށި ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބުން ހޯދިއިރު، ތިން ވަނަ ސެމީގައި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބް އެޗްޑީސީ ބައްދަލުކުރަން ޖެހިއްޖެ އެވެ.
މުބާރާތުގައި ރޭ ކުޅުނު ސެމީ ފައިނަލުގައި ކުޅުނީ ލީގުގެ ޗެމްޕިއަން، ސިފައިންނާއި ދެ ވަނަ ދަޑިމަގު އެވެ. މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގަ ލިބޭ މި މެޗުން، ސިފައިން ކުރިހޯދީ، ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.
ރޭގެ މެޗުގައި، ސިފައިން ސެޓުތައް ގެންދިޔައީ، 25-19، 25-15 އަދި، 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ގައުމީ މުބާރާތަށް ސިފައިންގެ ޓީމާ ގުޅުނު، ޗިރާގު އެވެ.
އިއްޔެ ހަވީރު ކުޅެފައިވަނީ، މިދިޔަ އަހަރުގެ ރަނަރަޕް އެޗްޑީސީ އާއި ހުރާ ކޮމިއުނިޓީ ކްލަބް އެވެ. ތިން ވަނަ ސެމީގެ ޖާގަ އަަކަށް ކުޅުނު މި މެޗުން، އެޗްޑީސީ ކުރިހޯދީ ވެސް ސީދާ ތިން ސެޓުންނެވެ. ފޯރިގަދަކޮށް ދިޔަ މި މެޗުގެ ސެޓުތައް އެޗްޑީސީން ހޯދީ 26-24، 28-26 އަދި 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ޝަމާއިލް ހުސެއިން އެވެ.
ތިން ވަނަ ސެމީ ފައިނަލުގައި އެޗްޑީސީ އާއި ދަޑިމަގު ކުޅޭ މެޗު އޮންނާނީ، މިރޭ 20:30 ގަ އެވެ. އަދި، މި މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި، ސިފައިންނާ ކުޅޭނީ، ހޯމަ ދުވަހުގެރޭ 20:30ގަ އެވެ. ސިފައިން ވަނީ، މި ފަހަރުގެ ވޮލީ ސީޒަނުގެ ފުރަތަމަ ދެ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ކަޕާއި ލީގު ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ އަމާޒަކީ، 2010 ވަނަ އަހަރެކޭ އެއްގޮތަށް ސީޒަނުގެ ތިން މުބާރާތް ކާމިޔާބު ކުރުމެވެ.
ގައުމީ ވޮލީބޯޅަ މުބާރާތް: ސިފައިން ފައިނަލަށް، ތިން ވަނަ ސެމީގައި ދަޑިމަގާއި އެޗްޑީސީ ގައުމީ ވޮލީބޯޅަ މުބާރާތް: ސިފައިން ފައިނަލަށް، ތިން ވަނަ ސެމީގައި ދަޑިމަގާއި އެޗްޑީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ