މެލޭޝިއާގައި ދިވެއްސަކު ހައްޔަރުކޮށްފި؛ ދިވެހި ފުލުހުގައި އޭނާގެ ގެވެށި އަނިޔާގެ މައްސަލައެއް
މެލޭޝިއާގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާއަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފިއެވެ. މީޑިއާ އާ ހިއްސާކުރި މެސެޖެއްގައި ދިވެހި ފުލުހުން ބުނީ، މެލޭޝިއާ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އަބްދުލް ބާތިން މުހައްމަދު މުސްތަފާ ހައްޔަރުކުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދިން ނަމަވެސް، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލަ އެއް ވެސް ތަހްގީގުކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުން ބުންޏެވެ. "ސަން"އިން ސުވާލުކުރުމުން، ދިވެހި ފުލުހުން ބުނީ މެލޭޝިއާ ފުލުހުން ކުރަނީ ބާތިންގެ އެހެން މައްސަލައެއްގެ ތަހުގީގެއް ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ މައުލޫމާތެއް ހާމައެއްނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ