ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލަށް ލާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ، މި ސަރުކާރުން ޔާމީން ޖަލަށްލާނެ ކަމަށް ފަލާހުގެ އިތުރުން ވެސް ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވެސް ބުނަމުންދާ ކަމަށެވެ.
"ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ރައީސް ޔާމީން އަށް ވާދަ ނުކުރެވޭނެ ކަމަށާއި ރައީސް ޔާމީން ޖަލަށް ލައްވާނެ ކަމަށް ރައްޔިތުންގެ މަޖުލީހުގެ ޕީއެންސީ މެންބަރުންނާއި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު އަޅުގަނޑު ގެ ކުރިމަތީގައި އެކި ދުވަސް މަތިން މަޖިލީހުގެ ކުޑަ ދަށުގައި ތަކުރާރުކޮށް ބުނަމުން ދިއުމަކީ ޝަރުއީ ނިޒާމް އަށް ސަރުކާރުގެ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާވަރު ހާމަވާ ކަމެއް،" އައްބާސް ލިޔުއްވާފައިވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޔާމީންގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ބޭއްވި ޖަލްސާއަށްފަހު، ފަލާހު ހިމެނޭ ގޮތަށް ޕީއެންސީގެ ގިނަ ލީޑަރުން ދަނީ ޔާމީނަށް ފާޑުކިޔައި ރައްދު ދިނުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
ޔާމީނުގެ ވެރިކަމުގައި އަދި މިހާރު ވެސް އެންމެ ބޮޑަށް ވައްކަން ކުރަމުންދާ އެއް މަޖިލިސް މެންބަރަކީ ފަލާހު ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
"ޕީއެންސީ މެންބަރުންނަށް ފަނިފޮދު ޖައްސަމުން ދޮންކަޅު ނާންގާ ބޮޑުބައި ޖީބައްޖަހައިގެން ދުވަނީ ހަމަ ފަލާހު. މިއީ އަޅުގަނޑު ދައްކާ ވާހަކައެއްނޫން. ޕީއެންސީގެ ޕާލަމެންޓު މެންބަރުންތަކެއް އެކި ފަހަރު މަތިން އަޅުގަނޑާ ދައްކާ ވާހަކަތަށް،" އައްބާސް ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން ވެސް، ތަރައްގީގެ މަޝްރޫއުތައް ހުއްޓުމާއި ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެ ނިޒާމު ފުނޑާލަމުންދާ ކަމަށް ވިދާޅުވެ، އައްބާސްގެ ޕޯސްޓުތަކުގައި ސަރުކާރަށާއި ރައީސް މުހައްމަދު މުއިއްޒަށް ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ.
ރިޔާސީ އިންތިހާބުގެ ކުރިން ޔާމީނު ޖަލަށް ލާނެ ކަމަށް ފަލާހު ވިދާޅުވޭ: އައްބާސް ރިޔާސީ އިންތިހާބުގެ ކުރިން ޔާމީނު ޖަލަށް ލާނެ ކަމަށް ފަލާހު ވިދާޅުވޭ: އައްބާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ