ތިން އަހަރު ފަހުން 'ރައުޑީ ރާތޯޑް'ގެ ދެވަނަ ބައި އުފައްދަނީ

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރު އަކްޝޭ ކުމާރުގެ ފިލްމު "ރައުޑީ ރާތޯޑު"ގެ ދެވަނަ ފިލްމުގެ މަސައްކަތް ތިން އަހަރު ވަންދެން މެދުކެނޑިފައި އޮތުމަށް ފަހު ފިލްމު އުފައްދަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އަކްޝޭގެ ވަރަށް ވަރުގަދަ އެކްޝަން ރޯލެއް ފެނުނު 2012 ވަނަ އަހަރުގެ މި ފިލްމަކީ ސަންޖޭ ލީލާ ބަންސާލީއާއި ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް ޕްރަބޫދޭވާ ޑައިރެކްޓް ކުރި ފިލްމެކެވެ. ނަމަވެސް، ބެލުންތެރިންނަށް މި ފިލްމުގެ ދެވަނަ ބައެއް ގެނެސްދޭނީ ކުރީގެ ފިލްމާ އެއްވެސް ވަރަކަށް ގުޅުމެއް ނެތް މުޅީން އާ އޮރިޖިނަލް ސްކްރިޕްޓެއްގެ މައްޗަށް ބިނާކޮށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ތިން އަހަރު ފާއިތުވެގެންދިޔައިރު ވެސް "ރައުޑީ ރާތޯޑް"ގެ ކެރެކްޓާއަށް ކުރިއެރުމެއް ގެނުވައިދޭ ފަދަ ސްކްރިޕްޓެއް އެކުލަވާލެވިފައި ނެތުން ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ފިލްމު ޑައިރެކްޓަރުން ކަމަށްވާ ސަންޖޭ ލީލާ ބަންސާލީ އަދި ރޮނީ ސްކްރޫވާލާ ބަތަލާ އައިޝްވާރިއާ ރާއީއާ އެކު--ފޮޓޯ/ފިލްމުފެއަ ފިލްމު "ރައުޑީ ރާތޯޑް" ގެނެސްދިނީ ޑިޒްނީ އިންޑިއާ އާއި ޔޫޓީވީ މޯޝަން ޕިކްޗާސް ގުޅިގެންނެވެ. މިހާތަނަށް ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ މަޝްވަރާތައް ކުރެވެމުން ދިޔަ ނަމަވެސް ޑިޒްނީ އިންޑިއާގެ ފަރާތުން އެކަމަށް އެދެވޭ އެއްބާރުލުމެއް ނުލިބޭތީ ސަންޖޭ އާއި ރޯނީ މިހާރު ނިންމާފައިވަނީ މިނިވަންކަމާ އެކު ވަކި ފިލްމެއް ގޮތަށް އެ ފިލްމު ގެނެސްދޭން ކަމަށް ބޮލީވުޑްހަންގާމާގައި ވަނީ ބުނެފައެވެ. ރިޕޯޓުތައް ބުނާގޮތުން މި ފިލްމު ޑައިރެކްޓް ކުރާނީ ތަމަޅަ ޑައިރެކްޓަރު ޕީއެސް މިތުރަންއެވެ. މި ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށަން ތައްޔާރުވަމުން އަންނަ އިރު ފިލްމުގެ ކާސްޓުން ވަރަށް އަވަހަށް ހޮވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ކުރިން މި ފިލްމުގެ ލީޑް އެކްޓަރަކަށް ސިދާތު މަލްހޯތުރާ ގެންނާނެ ކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް ސިދާތުގެ އެކްޝަން ފިލްމުތަކަށް ބޮކްސް އޮފީހުގައި މާބޮޑު ތަރުހީބެއް ނުލިބޭތީ ސިދާތުގެ ބަދަލުގައި ފިލްމަށް ގެންނާނީ ޒުވާން އެކްޓަރެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަކްޝޭއާ އެކު 2012 ވަނަ އަހަރު "ރައުޑީ ރާތޯޑް"ގެ ބަތަލާގެ ރޯލްއިން ފެނުނީ ސޮނާކްޝީ ސިންހާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ