މުޅި ތިނަދޫއިން ކަރަންޓު ކެނޑިއްޖެ

ގދ ތިނަދޫގެ ހުރިހާ ސަަރަހައްދަކުން ކަރަންޓު ކެނޑިއްޖެ އެވެ.
މުޅި ތިނަދޫއިން ކަރަންޓު ކެނޑިފައިވަނީ މިރޭގެ 03:25 ހާއިރު އެވެ.
އެގޮތުން ކަރަންޓު ކެނޑެން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި ކަރަންޓު ކެނޑުނީ ތިނަދޫއަށް ކަރަންޓު ދެމުން އަންނަ މައި ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.
ތިނަދޫއަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ފެނަކައިގެ މުވައްޒަފުން އަންނަނީ ކުރަމުންނެވެ.
ތިނަދޫ އިންޖީނުގެ ސަރަހައްދުގައި ހުރި ގާފު ނޫހުގެ ނޫސްވެރިޔާ މައުލޫމާތު ދޭގޮތުގައި އެސަރަހައްދަސް އާންމުންގެ ގިނަ ބަޔަކު ދަނީ ޖަމާވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ