މޭކަޕާ ނުލައި، އާލިއާ ހިއްސާ ކުރި މި ފޮޓޯ، ފޭނުންނަށް ކަމުގޮސްފި

ބޮލީވުޑްގެ އެންމެ މަގްބޫލް އެއް ތަރިއަކީ އާލިއާ ބަޓްއެވެ. އޭނާ ބުދަ ދުވަހު ފޭނުންނާ ހިއްސާ ކުރި "ނޯ މޭކަޕް" ފޮޓޯއެއް، ގިނަ ބަޔަކަށް މިވަނީ ކަމުގޮސްފައެވެ.
ދަނބުކުލައިގެ ސްވިމްސޫޓުގައި، އާލިއާ އިނީ ބީޗެއްގައި ަކަމަށް ބެލެވެއެވެ. ފޮޓޯގެ ކެޕްޝަނުގައި އާލިއާ ލިޔުނީ، އެ ފޮޓޯ ނެގީ، " އެކަނިވިތާ ކުޑައިރުކޮޅެއް ފަހުން" ކަމަށެވެ.
އާލިއާގެ ފޮޓޯއަށް ކޮމެންޓު ކުރި ގިނަ މީހުން ބުނީ، މޭކަޕާ ނުލައިވެސް، އޭނާ ވަރަށް ރީތި ކަމަށެވެ. އަދި އާލިއާގެ ގައިގެ ހަމުގެ ރީތި ކަމަށްވެސް އެއްބަޔަކު ތައުރީފު ކުރިއެވެ.
އާލިއާގެ ފިލްމެއް ދެން އެންމެ އަވަހަށް ނުކުންނާނީ، އަންނަ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. އެއީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. މި ފިލްމުގެ ލީޑް ރޯލުން ރަންވީރް ސިންހް ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ