"ދެ ރައީސު"ންގެ މައްސަލަ ސުޕްރީމް ކޯޓަށް

ރައީސުލްޖުމްހޫރިއްޔާގެ ހުވާ ނާއިބު ރައީސް ފައިސަލް ނަސީމް ކުރައްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާއާމެދު އުފެދިފައިވާ ގާނޫނީ ސުވާލާއި ގުޅިގެން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެެޅުމަށް އިދިކޮޅުން ވަނީ ނިންމާފައެވެ.
ރާއްޖޭގައި ހުވާ ކޮށްގެން ތިއްބެވި ދެ ރައީސުން ތިބި ކަމަށާ އެކަމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށް މާދަމާ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިބާ ބާރުތައް އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް އާއި ވަގުތީ ގޮތުން ހަވާލު ކުރެއްވުމަށް ނިންމެވީ ހޭނައްތައިގެން ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުމަށް ޖެހިވަޑައިގަތުމުންނެވެ. އެއީ ފެބްރުއަރީ 25، 2022 ގައެވެ. އެ ދުވަހުގެ ފަތިހު 5:50 ގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ހުވާ ނާއިބު ރައީސް ވަނީ ކުރައްވާފަ އެވެ. ނަމަވެސް ތިން ގަޑިއިރާއި 40 މިނެޓް ފަހުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސް ސޯލިހް އަލުން ހަވާލުވެވަޑައިގެންފައިވާކަން އިއުލާނު ކުރެއްވި އެވެ.އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހުވާ ނާއިބު ރައީސް ފައިސަލް ނަސީމް ކުރައްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާއާމެދު އުފެދިފައިވާ ގާނޫނީ ސުވާލާއި ގުޅިގެން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެެޅުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން އެ މައްސަލަ ކޯޓަށް ހުށައެޅުމަށް މާދަމާ ހެނދުނު 10:15 އެ ކޯލިޝަންގެ ލީޑާޝިޕުން ސުޕްރީމް ކޯޓަށް ވަޑައިންނަވާނެ ކަމަށެވެ.ރާއްޖޭގައި ހުވާ ކޮށްގެން ތިއްބެވި ދެ ރައީސުންގެ އެބަ ތިއްބެވި ކަމަށާ އެކަމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލައަކަށް ސުޕްރީމް ކޯޓުން ގޮތްތަކެއް ކަނޑައަޅުއްވައި ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް / އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުއްގައްޔޫމްވެސް ކުރީން ވަނީ ވިދާޅުވެފައެވެ.
އޮކްޓޫބަރު 2، 2022 ގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވައިގެން ތިއްބެވި ދެ ވެރީން އެބަ ތިއްބެވި އެވެ. އެތަނުން ސައްހަ ރައީސުލްޖުމްހޫރިއްޔާއަކީ ކޮބައިކަން ކަނޑައަޅާ ގާނޫނީ ގޮތުން އުފެދިފައިވާ ސުވާލަށް ސާފު ޖަވާބެއް ލިބެން ޖެހިވަޑައިގަންނަވައެވެ. އަދި ރާއްޖެއަކީ ގާނޫނުތަކުގެ ބާރު ހިނގާ ގައުމެއް ކަމުން ކޮންމެ ކަމެއް ވެސް ހިނގަން ވާނީ އުސޫލުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި މިއީ ރައްޔިތުން އެކަމާއި އުޅެން ޖެހޭ މައްސަލައެއް ނޫނެވެ. މިއީ ސުޕްރީމް ކޯޓުން ގޮތްތަކެއް ކަނޑައަޅާ ނިންމަން ޖެހޭ މައްސަލަ އެކެވެ. މި މައްސަލަ ސުޕްރީމް ކޯޓްގައި އަމިއްލައަށް ބައްލަވާ މައްސަލައެއްގެ ގޮތުގައި ޝެޑިއުލް ކުރައްވައިފިނަމަ ވަރަށް އުފާފުޅު ވާނެ ކަމަށް ވެސް އެ ދުވަހު ވިދާޅުވިއެވެ. އަދި އެކަން ކޮށްދެއްވައިފިނަމަ އަބަދަށްވެސް ޝުކުރުވެރިވާނެ ކަމަކަށް އެކަން ވާނެ ކަމަށް ވިދާޅުވި އެވެ. "އަޅުގަނޑު ހަމަ ވަރަށް އުފާވާނެ ސުޕްރީމް ކޯޓުން މި މައްސަލަ ކޮންމެ ވެސް ގޮތަކަށް ޝެޑިއުލް ކޮށްދެއްވައިފިއްޔާ. އިސްނެގުމުގެ ތެރެއިން ކުރެއްވޭ ކަންތައްތައް ހުންނާނެ. އެހެންވީމަ މިއީ އެބޭފުޅުން ކޮށްދެއްވައިފިއްޔާމު އަޅުގަނޑުމެން އަބަދު ވެސް ޝުކުރުވެރިވާނެ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ފައިސަލް ނަސީމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ހަވާލު ކުރެއްވުމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރެކެވެ. އެއީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ. އެހެންވީމަ މި މައްސަލާގައި އެ ކޯޓުން ކޮންމެވެސް ގޮތްތަކެއް ނިންމަން ޖެހިވަޑަައިގަންނަވާ ކަމަށެވެ. "މިހާރު ރަނގަޅު ގޮތަކީ ފައިސަލް ނަސީމޭ. އެއީ ތިމަންނަމެން އެންމެ ފަހުން ހުވާލައި ދިނީ އޭނާ އަށޭ. ނޫނިއްޔާ ބުނަންވީ ފައިސަލް ނަސީމަކީ އެހެން ހުރި މީހެއް ނޫނޭ. ފައިސަލް ނަސީމަކީ [ރައީސުލްޖުމްހޫރިއްޔާ] އިބްރާހިމް މުހައްމަދު ސޯލިހް ނުކުޅެދޭ ހާލަތަކަށް ދިއުމުން ދެން ވެރިކަން ކުރަންހުރި މީހާއޭ. އޭ. އެކަމު އެކަން ކުރަން ޖެހޭނީ ސުޕްރީމް ކޯޓުން،" ޔާމީން ވިދާޅުވިއެވެ.އެ މައްސަލާގައި ގާނޫނީ ވަކީލުން ކަންބޮޑުވެވަޑައިގެން ވާހަކަ ނުދައްކަވަނީ ކީއްވެގެންތޯ ޔާމީން ސުވާލު ވެސް ކުރެއްވިއެ ވެ. އެމަނިކުފާނު ވިދާޅުވީ އެންމެ އުސް ކަަމަށް ވަކާލާތު ކުރައްވާ ވަކީލުން، އެމަނިކުފާނުގެ ވެރިކަމުގައި ކިރިޔާ ކަމެއްވާއިރަށް ގާނޫނީ ހުސް ކަަމެއް ނުވަތަ ގާނޫނީ ސުވާލުތަކެއް އުފައްދާ ވާހަކަ ދެއްކެވި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މެދުގައި މިހާ ބޮޑު ގާނޫނީ ސުވާލަކަށް ހައްލު ހޯދަން ޖެހޭ ކަމަށް ވަކީލުން ވިދާޅު ނުވަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ