ބޮޑުތަކުރުފާނު މަގުގައި ޕާކްކުރާނަމަ ފިޔަވަޅު އަޅާނަން - ފުލުހުން

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ކަނޑައަޅާފައިވާ ސަރަޙައްދުތަކުން ބޭރުގައި އުޅަނދުތައް ޕާކު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ބޮޑުތަކުރުފާނުމަގުގެ ސެގްމަންޓް 2 އިން ފެށިގެން 5 އާ ހަމައަށް ހިމެނޭ ސަރަޙައްދު މިހާރު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ. އެ ސަރަޙައްދުގެ މަސައްކަތް ނިމުމާއެކު، މާލެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގު މިހާރު ވަނީ އެއްކޮށް ހުޅުވާލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އުޅަނދުތައް ޕާކްކުރަންވާނީ ހަމައެކަނި އެކަމަށް ކަނޑައަޅާފައިވާ ޕާކިން ޒޯންތަކުގައިކަމަށެވެ. އަދި އެނޫންތަނެއްގައި ޕާކުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅނަދުތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމަށްވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ