ސަވާހެލި ބީލަމަށް ލާފައި ވަނިކޮށް ސަރުކާރަށް ނެގުމުން އެމްޑީޕީގެ ކަންބޮޑުވުން

އައްޑޫ ސިޓީ ކައުންސިލުން ސ. ފޭދޫ ޓޫރިޒަމް ސަރަހައްދުގައި އޮންނަ ސަވާހެލި ތަރައްގީކުރަން ކުައްޔަށް ދޭން ބީލަން ހުޅުވާލާފައި ވަނިކޮށް އެތަން މުހައްމަދު މުއިއްޒުއަށް ލިބިދޭ ބާރުގެ ދަށުން އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކޮށްފައިވާތީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ލީޑާޝިޕުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 
ރައީސް އޮފީހުން ބުނީ އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހެލި ވަކިކުރަން މުއިއްޒު ނިންމެވީ ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް އެ އޮފީހުން ހާމައެއް ނުކުރެ އެވެ. އޭރު ސިޓީ ކައުންސިލުން އޮތީ ފަތުރުވެރިންނަށް ބޭނުންކުރެވޭ ގޮތަށް ސަވާހެލި ތަރައްގީކުރުމަށް  ބީލަމަށް ލާފަ އެވެ.
Yes Maldives Pvt Ltd
MU STORE
MU STORE
Enterprise Development Industrial Pvt Ltd
"މިއީ އެތައް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބި، ފަތުރުވެރިކަން ކުރިއަރައި، ހާއްސަކޮށް ސަވާހެލި ކުރިމަތިން ފަތުރުވެރިކަމުގެ ޒޯން އޮންނަ ފޭދޫގެ އިތުރުން، އައްޑޫގެ އެހެން ރަށްތަކުގައިވެސް ގެސްޓްހައުސް ވިޔަފާރިއާއި، ކުދި އަދި މެދުފަންތީވެ ވިޔަފާރިތަކުގެ ކުރިއެރުމާއި ގުޅިލާމެހިފައި އޮތް އުއްމީދީ މަޝްރޫއުއެއް،" އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު އެކްސްގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ. 
އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި ސަރުކާރަށް އެ ގޮތަށް އަމަލުކޮށްފައިވަނީ އައްޑޫގައި ޓޫރިޒަމް ތަރައްގީވުމަށް ފުރުސަތު ނުދިނުމުގެ ގޮތުންނެވެ. ސަވާހެލި މަޝްރޫއު ވެސް ހުއްޓުވީ ހަންކެޑެ މަޝްރޫއުއެކޭ އެއްގޮތަށް ސިޔާސީ ބޭނުމެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރުން އަންނަނީ އައްޑޫ ރައްޔިތުންނަށް ލޯކަލް ޓޫރިޒަމްގެ ނަފާ ނުލިބޭނެކަން ޔަގީން ކުރަމުން. ތިން އަހަރުވާންދާއިރު ފައިސާ ހަމަޖެހި ޕްލޭންތައް ހެދިފައި އޮތް މަޝްރޫއުއެއް ކުރިއަށްނުގެންދަނީ ސަރުކާރަށް އައްޑޫގައި ތާއިދު ނެތުމުން،" މިދިޔަ ސަރުކާރުަގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ. 
 ފޭދޫ ޓޫރިޒަމް ޒޯންގެ ތަރައްގީއަށް ސަވާހެލި ތަރައްގީކުރުމަށް ކައުންސިލުން ކުރިން ނިންމުމާ ގުޅިގެން، 2023 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެތަން އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސުގެ ތެރޭގައި ހިމަނާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ