ފިކުރެއްގެ ދިރުމުގެ މުގައްރިރުން ކޮމިޓީ ތަކުން ވަކި ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރު ކަމުގައި ތިބި، ފިކުރެއްގެ ދިރުމަށް ތާއީދުކުރާ މެންބަރުން އެ މަގާމުތަކުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ފާސްކޮށްފިއެވެ.އެ ޕާޓީގެ ޕިޖީ ގުރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައިވަނީ އެ މެންބަރުން މުގައްރިރު ކަމުން ވަކި ކުރުމަށް ފާސްކޮށްފައެވެ. އަދި ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެ ފެކްޝަނުގައި ތިއްބެވި މެންބަރުންނަށް ފިޔަވަޅު އެޅުމަށް ސެކްރެޓޭރިއެޓަށް ފޮނުވުމަށް ވެސް ވަކިން ފާސްކުރިއެވެ.
މަޖިލީހުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ނިންމާ ނިންމުންތަކާ ޚިލާފަށް ވޯޓު ދެއްވާތީއާއި، ވަކި ޕާލިމެންޓަރީ ގުރޫޕެއް ހަދައިގެން މަސައްކަތް ކުރާތީ އެ މެންބަރުންނަށް މީގެ ކުރިން ވަނީ އިންޒާރު ވެސް ދީފައެވެ. ޕާލިމެންޓަރީ ގުރޫޕުގެ މިއަދުގެ ބައްދަލުވުމަށް މުގައްރިރުން ވަކި ކުރުމުގެ މައްސަލަ ހުށަހެޅުއްވީ ވެސް އެ ގުރޫޕުގެ ޗީފް ވިޕް، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ އެވެ.
އެ ނިންމުމާ ބެހޭ ގޮތުން ފިކުރެއްގެ ދިރުމުގައި އިސްކޮށް ހަރަކާތްތެރިވާ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) "މި" ނޫހަށް ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން މިއަދު ނިންމި ނިންމުން އުސޫލުތަކާ ހިލާފު ކަމަށެވެ."އެބޭފުޅުން ހީކުރައްވަނީ ހަމަ ރައީސުލްޖުމްހޫރިއްޔާ ބޭނުންވީމައި އެހެން ތިބެފައި ވަކި ކުރެވޭނެ ކަމަށް. އެހެން އޮންނަ ކަމެއް ނޫން މިއީ" އޭނާ ވިދާޅުވިއެވެ.ބޮންޑޭ ވިދާޅުވީ އެމްޑީޕީގެ ޕީޖީން މިހާރު ކަންކުރަމުން ދަނީ ޕާލިމެންޓަރީ ގުރޫޕަކުން އަމަލުކުރާ ގޮތަކަށް ނޫންކަމަށެވެ. އެ މައްސަލައިގައި އަދި ރަސްމީގޮތުން މުއާމަލާތް ކޮށްފައި ނުވާކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ އެ ގުރޫޕު މިހާރު މަސައްކަތް ކުރަނީ ގޭންގެއްގެ އުސޫލުން ކަމަށެވެ."[ރަސްމީ މުއާމަލާތެއް] ނާންނާނެ ނޫންތޯ؟ އެއީ ގޭންގެއް! މަޖިލިސް ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ގޭންގެއް މިހާރު އެއީ" އޭނާ ވިދާޅުވިއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ