ކޮވިޑް-19ގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިދިޔަ ހަފްތާގައި އަވަހާރަވި ދައުލަތުގެ ހިދުމަތްތެރިޔާ އުމަރު ޒާހިރުގެ ހަނދާނުގައި މާދަމާ ތައުޒިޔާގެ ދަފްތަރެއް ހުޅުވާލާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އުމުރުފުޅުން 85 އަހަރުގައި އުމަރު ޒާހިރު އަވަހާރަވީ މިދިޔަ ހޯމަ ދުވަހު، ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ. ރަސްމީ އިއްޒަތުގައި އުމަރު ޒާހިރު ފަސްދާނުލީ ގަލޮޅު ސަހަރާގަ އެވެ.
ބުނީ ކީކޭ؟ - ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އުމަރު ޒާހިރުގެ ތައުޒިޔާގެ ދަފްތަރު ހުޅުވާލަން ނިންމާފައި ވަނީ މާދަމާ އިން ފެށިގެން، ނެޝަނަލް އާޓް ގެލަރީގައި ކަމަށެވެ. އަންނަ ބުދަ ދުވަހުގެ ނިޔަލަށް ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނެ އެވެ.
ތަފްސީލް - ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން ކުރިއަށްދާނެ ގޮތް:
27 ޑިސެމްބަރު: މެންދުރުފަހު 3 އިން 5އަށް
28 ޑިސެމްބަރު: ހެނދުނު 9 އިން 12އަށް އަދި މެންދުރުފަހު 1 އިން 5އަށް
29 ޑިސެމްބަރު: ހެނދުނު 9 އިން 12އަށް އަދި މެންދުރުފަހު 1 އިން 5އަށް
50 އަހަރަށް ވުރެ ގިނަ ދުވަހު ގައުމަށް ގިނަ ހިދުމަތްތަކެއް ކުރެއްވި
ދައުލަތުގެ މަތީ މަގާމްތަކެއް ފުރުއްވި
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އެކި ވުޒާރާތައް ބެލެހެއްޓެވި
އެންމެ ފަހުން ހިންގެވީ ހޯމް މިނިސްޓްރީ
ގައުމީ ބޮޑެތި މަޝްރޫއުތައް ހިންގެވުމާއި އެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމާއި އިޖުތިމާއީ އަދި ގައުމީ ވަރަށް ގިނަ ކަންކަމުގައި ހަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު މިސާލެއް
އިތުރަށް ކިޔާލަން -
ގައުމީ ހިދުމަތްތެރިޔާ އުމަރު ޒާހިރު އަވަހާރަވެއްޖެ
އުމަރު ޒާހިރު: މިވަރުގެ ޝަހުސިއްޔަތެއް ރާއްޖޭގައި މަދުވާނެ
އުމަރު ޒާހިރުގެ ތައުޒިޔާގެ ދަފްތަރު މާދަމާ ހުޅުވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ