މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު މިއަދު މަގާމުގެ ހުވާކުރައްވަފި އެވެ.
ވީ ކިހިނެއް؟ - ރާޝިދު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 8:30ގައި މަޖިލީހުގެ އިދާރާގެ ކޮމިޓީ ބައްދަވުން ބާއްވާ ކޮޓަރިއެއްގަ އެވެ.
ތަފްސީލު - ރާޝިދަށް މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ރާޝިދު ހުވާކުރެއްވި އިރު، ކުރިމަތީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވި އެވެ.
މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، މިއަދުގެ ޖަލްސާގައި އޭނާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ ރާޝިދަށް މަރުހަބާ ދަންވާފަ އެވެ.
އެނގުން މުހިންމު - ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ހުސައިން ވަހީދު މިިދިޔަ ޑިސެމްބަރު މަހު އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން ވަހީދަކީ ވެސް އެމްޑީޕީގެ މެމްބަރެކެވެ.
މުހައްމަދު ރާޝިދު (އެމްޑީޕީ) - 1،401 ވޯޓް
މޫސާ ފަތުހީ (ޕީޕީއެމް) - 1،161 ވޯޓް
އަބްދުލް ހަންނާން އިދުރީސް (އެމްއެންޕީ) - 323
ވޯޓުލީ ޖުމްލަ - 2،932 (%88.6)
ހައްގު ލިބިގެންވާ - 3،309 މީހުން
ރާޝިދު ކޮމަންޑޫ ދާއިރާގެ މެމްބަރުކަމުގެ ހުވާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ