މިއަދު ކުރިޔަށްދާ މި ދައުރުގެ އެންމެ ފަހު ޖަލްސާގައި ނައިފަރުދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ތަޅުމުގައި އަޑުގަދަ ކުރައްވާ ޖަލްސާއަށް ހުރަސްއެޅުއްވުމުން އޭނާގެ ނަން އިއްވައިފިއެވެ.
މެންބަރު ޝިޔާމްގެ އަޑުގަދަ ކުރައްވަން ފެއްޓެވީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވާހަކަފުޅު ދައްކަވަމުން ދަނިކޮށެވެ. މެންބަރު ނިޔާޒް ވާހަކަފުޅު ދައްކަވަމުން ގެންދެވީ ކުޅިވަރާއި ބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލާއި ގުޅޭ ގޮތުން ފަހު ބަސް ވިދާޅުވުމަށެވެ.
މެންބަރު ޝިޔާމް ގެންދެވީ ރައީސް ސޯލިހާއިމި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އަދި ރިޔާސަތުން ވަނީ ތަކުރާރުކޮށް ޝިޔާމަށް އަޑު ގަދަ ނުކުރެއްވުމަށް އަންގަވާފައެވެ. އަދި ގަވާއިދާއި ހިލާފަށް އަމަލު ނުކުރެއްވުމަށް ރިޔާސަތުން އެންގެވި ނަމަވެސް ޝިޔާމު އަޑުގަދަކުރުން ހުއްޓާ ނުލެއްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމުގެ ނަން އިއްވާ ހޯލުން ނިކުންނެވުމަށް އެދިވަޑައިގެންފައެވެ.
އަޑުގަދަކޮށް ހުރަސްއެޅުމުން ނައިފަރު ދާއިރާގެ މެންބަރު ޝިޔާމުގެ ނަން އިއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ