މި މަހުގެ ކަރަންޓު ބިލް ބޮޑުވާނެ: ސްޓެލްކޯ

ހޫނު ގަދަވުމުގެ ސަބަބުން ގޭބީސީތަކުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، މި މަހުގެ ކަރަންޓު ބިލު ބޮޑުވާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
އެ ކުންފުނީގެ ދިރާސާތަކުން ދެއްކި ގޮތުގައި ގޭބީސީތަކުގެ ކަރަންޓު ބިލުގެ 40 އިންސައްތަ ހިއްސާކުރަނީ ފިނިކުރަން ބޭނުންކުރާ އެއާކޮންޑިޝަން ފަދަ އާލާތްތަކުންނެވެ. އެހެންވެ، ރިހާ އެންމެންވެސް 25 ޑިގުރީ ސެލްސިއަސްއަށްވުރެ ދަށް ނުވާނެހެން އެއާކޮންޑިޝަން ބަހައްޓަން ސްޓެލްކޯއިން އިލްތިމާސްކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ