އިޓަލީގެ ގައުމީ ކޯޗުކަން ރޮބާޓޯ މަންޗިނީ އަށް ދޭން ނިންމައިފި އެވެ.
އޭނާ އަކީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އިޓަލީ އަށް ކާމިޔާބު ކޮށްދިން ކޯޗެވެ.
ގައުމީ ކޯޗުކަމަށް އޭނާ ގައުމަށް ނިންމީ އެ މަގާމަށް ޝޯތް ލިސްޓް ކުރި ހަތަރު ކޯޗުންގެ ތެރެއިން އަންދްރޭ ޕިރްލޯ އަށް މަގާމު ނުދެވުމުންނެވެ. އެއީ ރަޝިޔާގެ ބެޓިން ކުންފުންޏަކާ އއޮތް ވިޔަފާރީގެ އެއްބަސްވުންތަކާ ހެދި އިޓަލީ ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދުމުންނެވެ.
އުމުރުން 61 އަހަރުގެ މަންޗިނީ ވަނީ އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީގައި ވެސް ކާމިޔާބު ހޯދައިފަ އެވެ. 2009 އިން 2013 އަށް އެ ކުލަބަށް ކޯޗުކޮށްދީ އޭނާ ވަނީ އެއް ފަހަރު ޕްރެމިއާ ލީގު އަދި އެފްއޭކަޕަކާއި ކޮމިއުނިޓީ ޝީލްޑް ވެސް ކާމިޔާބު ކޮށްދީފަ އެވެ.
އިޓަލީގެ ފިއޮރެންޓީނާ އާއި ލާޒިއޯ އަދި އިންޓަމިލާނުގައި ވެސް ކާމިޔާބު ހޯދި މަންޗިނީ ވަނީ ސައޫދީ އަރަބިއާގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ.
އިޓަލީގެ ކޯޗުކަން މަންޗިނީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ