ނަޢީމާގެ މަރުގެ މައްސަލައިގައި ތިން ވަނަ މީހަކު ހައްޔަރު ކޮށްފި

ނ.މަނަދޫ، ނަޢީމާ މޫސާގެ މަރުގެ މައްސަލައިގައި މާލެއިން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ދެންމެ ވިދާޅުވީ، މި މައްސަލައިގައި މާލެއިން ހައްޔަރު ކުރީ އުމުރުން 21 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މީގެ ކުރިން ނަޢީމާގެ މަރުގެ މައްސަލައިގައި މަނަދޫއިން ދެ ފިރިހެނަކު ހައްޔަރު ކުރިއެވެ.
މި މައްސަލައިގައި މީގެ ކުރިން، ފުލުހުން ވަނީ އުމުރުން 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ހައްޔަރު ކޮށްފައެވެ.
އޭގެ ތެރެއިން ނަޢީމާ މަރާލުމުގައި ބައިވެރިވި ކަމަށް އެއްބަސްވި 23 އަހަރުގެ މީހާ މިހާރު ވެސް ހުރީ ޑްރަގްގެ މައްސަލައެއްގައި ހައްޔަރުކޮށް 14 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.
ފުލުހުން ވަނީ އުމުރުން 62 އަހަރުގެ ނަޢީމާ މަރައިލަން ބޭނުން ކުރި ދެ ވަޅި ވެސް ހޯދައި، ޤާތިލުންގެ އަންނައުނުވެސް ހޯދައިފައެވެ.
(ތަފްސީލު އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ