ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލައިފި

ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މައްސަލައެއް ސާބިތުވި މީހަކު 15 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، ޝަރަފުﷲ އިސްމާޢީލްގެ މައްޗަށް ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި މިދިޔަ މަހުގެ 30ވަނަ ދުވަހު، އެ ކުށުގެ އަދަބެއްގެ ގޮތުން 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މިމައްސަލައާއި ބެހޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިއީ ރާއްޖެއަކީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ ޚިދުމަތުން ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތުގެ ނަތީޖާއަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ