އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މި ފުރުޞަތު ހުޅުވާލާފައިވަނީ އެ ކޮމިޝަނުގެ މެންބަރަކު މަޤާމުން އިސްތިއުފާ ހުށަހަޅުއްވާފައިވާތީ، ހުސްވެފައިވާ މަޤާމަށް އައު މެންބަރަކު އައްޔަންކުރެއްވުމުގެ ބޭނުމުގައެވެ.
ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ ޖޫން މަހުގެ ތިން ދުވަހުގެ މެންދުރު 12:00 އަށެވެ.
މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމުތަކާއި އިޤްރާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓް https://presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ