މިއީ ނަޝީދާއި، ސޯލިހް އަދި ޔާމީން އެކުގައި މަސައްކަތްކުރަންވީ ވަގުތު - ފައްޔާޒް

ގައުމު ސަލާމާތްކުރަން ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދުއާއި އިބްރާހިމް މުހައްމަދު ސޯލިހް އަދި ޔާމީން އަބްދުލްގައްޔޫމް އެކުގައި މަސައްކަތްކުރަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައިފި އެވެ.
ފައްޔާޒް މިފަދައިން ގޮވާލެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން ފައްޔާޒް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުންނެވީ މުޅި ދައުލަތް ހިސޯރުކޮށްގެން ކަމަށާައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާން ކުރެއްވި ހުވަޔާއި އެމަނިކުފާނު ހިލާފުވެފައިވާ ކަމަށެވެ. މިއާއިއެކު ތަފާތު ވިސްނުންތައް އެއްފަރާތްކޮށް ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.
އަދި މިއީ އިދިކޮޅު ލީޑަރުން އަދި ވަކިން ހާއްސަކޮށް ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައީސް ޔާމީން އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށާއި ތިން ރައީސުންނާއެކު މި މަސައްކަތް ފަސްޖެހުމެއް ނެތި ކުރުމަށް ތައްޔާރަށް ހުންނެވި ކަމުގައިވެސް ފައްޔާޒް ވިދާޅުވިއެވެ.
އަދި މިހާރުން މިހާރަށް ނޫސްވެރިން މިނިވަން ކުރުމަށް އިންސާފުވެރި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތައް މަސައްކަތްކޮށްދެއްވުމަށްވެސް ފައްޔާޒް އިލްތިމާސްކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ