ކައުންސިލުގެ ދައުރު ދިގު ދަންމައިލުމަށް ޤާނޫނު އަސާސީއަށް އިޞްލާޙެއް ގެނައުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ޤަރާރެއް ރައްޔިތުން މަޖިލިހަށް ހުށަހަޅައިފިއެވެ. ރައްޔިތުން މަޖިލިހަށް މިޤަރާރު ހުށަހެޅުއްވީ ރައްޔިތުން މަޖިލިހުގެ ހަނިމާދޫ ދާއިރާ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ. މިޤަރާރަކީ މަޖިލިހުގެ ފަރާތުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް އެދި ހުށަހަޅާފައިވާ ޤަރާރެކެވެ. މިއަދު ރައްޔިތުން މަޖިިހުގެ ރައީސް މުޙައްމަދު ނަޝީދުވެސްވަނީ މަޖިލިހުގެ ފަރާތުން ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި ހުށަހެޅުމަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިޤަރާރު ހުށަހަޅުއްވަމުން ޣަފޫރު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީގައި މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ލޯކަލް ކައުންސިލް އިންތިޚާބު ނުބޭއްވޭނެތީ ކައުންސިލް އިންތިޚާބު ބާއްވަން އޮތް މުއްދަތު ޤާނޫނަކުން ފަސްކޮށްފައިވާ ކަމުގައެވެ.އެހެންކަމުން 3 ޖޫން 2020 ގައި ދައުރު މުއްދަތު ހަމަވާއިރު ޤާނޫނުގެ ދަށުން އިންތިޚާބު ނުބޭއްވުމުން މެދުވެރިވާ ޤާނޫނީ ހުސްކަން ފޫބެއްދުމަށްޓަކައި ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަމުގައެވެ.އައު ކައުންސިލަރުން އިންތިޚާބުކުރެވޭނެ މާހައުލެއް ޤާއިމުވުމާ ހަމައަށް ޤާނޫނު އަސާސީ އިސްލާހުކޮށްގެން ކައުންސިލަރުންގެ ދައުރު މުއްދަތު އިތުރުކުރުމާމެދު މަޖިލިސް މެންބަރުންނަށް އިއްތިފާޤު ނުވެވޭތީ، ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމުން ކުރިމަތިވެދާނެ މައްސަލައަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދަން ހުށަހަޅާ ކަމުގައިވެސް އެޤަރާރުގައި ބުނެފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ކައުންސިލުގެ ދައުރާމެދު ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ޤަރާރެއް މަޖިލިހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ