15 ވަނަ މައިލޯ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް ނިންމާލައިފިއެވެ.
މިދިޔަ މާޗު މަހުގެ 20 އިން 31 ގެ ނިޔަލަށް ބޭއްވި މިމުބާރާތުގައި މިއަހަރު 26 ސްކޫލެއް ވަނީ ވާދަކޮށްފައެވެ. އެގޮތުން ޓީމު އިވެންޓުގައި 19 ސްކޫލެއް ވާދަކުރިއިރު، އަންހެން ބައިގައި 18 ޓީމާއި ފިރިހެން ބައިގައި 24 ޓީމު ވަނީ ވާދަކޮށްފައެވެ.
މި މުބާރާތުގެ ކުޅުން ކުރިއަށްދިޔައީ 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށުގެ އުމުރުފުރާއަށް ބަހާލައިގެންނެވެ.
މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން މ. މުލަކު ސްކޫލް ހޯދިއިރު، މިއުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ މ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. 16 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިގެ ޗެމްޕިއަންކަންވެސް ހޯދީ ވ. ކެޔޮދޫ ސްކޫލެވެ. މީގެ އިތުރުން 19 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ލ. މާމެންދޫ ސްކޫލް ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ މ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 465 ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ.
އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ