މެދުރާއްޖެ ތެރޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ އައިލެންޑާސް ފުޓްސަލް ޗެލެންޖު 2018 ގެ ޗެމްޕިއަންކަން އެފްސީ އިފްހާމްސް ހޯދައިފިއެވެ.
މ.ދިއްގަރުގައި ކުރިޔަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން އިފްހާމްސް ހޯދީ މިއަދު ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗްގައި ޖަމިއްޔަތުލް ކޮވިގޯނި ޓީމާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުުރަތަމަ ހާފު ނިމުނީ 1-0 އިން އިފްހާމްސް ކުރީގައި އޮވެގެންނެވެ. ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި އިފްހާމްސްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.
ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމު ވަނީ އިތުރު ދެގޯލު ޖަހާފައެވެ. މިމެޗުގައި އިފްހާމްސްގެ ގޯލުތައް ޖަހައިދިނީ ދެގޯލު ޖެހި އިޔާޒް އިލްޔާސް އާއި އެއްގޯލު ޖެހި އަހުމަދު ޝަކީބުއެވެ. ކޮވިގޯނި ޓީމުގެ ހަމައެކަނި ގޯލު ދެވަނަ ހާފުގައި ކާމިޔާބު ކޮށްދިނީ ހަސަން މާޒިންއެވެ.
އައިލެންޑާސް ފުޓްސަލް ޗެލެންޖު 2018 ގެ ޗެމްޕިއަންކަން އެފްސީ އިފްހާމްސް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ