ރާއްޖޭގައި މިއަދު މިއޮތް ސަރުކާރަކީ ސައޫދީއަރަބިއްޔާގެ ގޮނޑިކޮއްކޮ ސަރުކާރެއްތޯ ރައްޔިތުން ސުވާލު ކުރަން ޖެހިއްޖެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަަތަށް ފާޑު ވިދާޅުވެ ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން އަމީތު ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިއަދު ވަނީ ފެއިލްވެފައި ކަމަށާއި، ބައިނަލް އަޤުވާމީ މުޖުތަމައުގައި ރާއްޖެ މިހާރު ވަނީ އެކަހެރި ވެފައި ކަމުގަ އެވެ.
އަމީތު ވިދާޅުވީ، ގަލުފުގައި އުފެދިފައިވާ މައްސަލައަކާއި ގުޅިގެން ރާއްޖެއިން ގަތަރާއި ގުޅުން ކަނޑާލުމަކީ ބަަލައި ގަނެވޭ ކަމެއް ނޫންކަމުގަ އެވެ. އަދި މިކަންކަމަކީ އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް އަސަރުކުރާ ކަންކަން ކަމަށާއި، މިކަން މިހިނގާގޮތެއް ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމުގަ އެވެ.
ޤަތަރާއި އެކު އޮތް ގުޅުން ކަނޑާލިކަން ސަރުކާރުން އިއުލާން ކުރީ މިޖޫންމަހުގެ ފަސް ވަނަ ދުވަހުގަ އެވެ. އީރާނާއި އެކު އޮތް ސިޔާސީ ގުޅުންވެސް މިދިޔަ އަހަރު ސަރުކާރުން ކަނޑާލި އިރު އެކަންވެސް ކޮށްފައި ވަނީ ސައޫދީއަރަބިއްޔާއިން ބޭނުންވެގެން ކަމުގައި އިދިކޮޅު ފަރާތްތަކުންވެސް ތުހުމަތުކޮށްފައިވެ އެވެ.
ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީ އިސްލާޙު ކުރީވެސް އެކަމުގައި ސައޫދީގެ ޝާހީ އާއިލާގެ މަސްލަހަތު އޮތުމުން ކަމުގައި ޕީޕީއެމްގެ އިސްބޭފުޅަކު ކަމަށް ބެލެވޭ ބޭފުޅަކު ދެއްކެވި ވާހަކައެއްގެ އޯޑިއޯވެސް ވަނީ އާއްމުވެފަ އެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި ސައޫދީ ޝާހީ އާއިލާގެ ނުފޫޒު ދިވެހިރާއްޖޭގެ މައްޗަށް ވަނީ ބޮޑުވެފަ އެވެ.
މި ސަރުކާރަކީ ސައޫދީގެ ގޮނޑިކޮއްކޮ ސަރުކާރެއްތޯ ރައްޔިތުން ސުވާލު ކުރަން ޖެހިއްޖެ: އަމީތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ