ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މިއަދު މޫސުން ރަނގަޅުވާނެ: މެޓް

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލިޖިކަލް ސެންޓަރ (މެޓް) އިން ބުނެފިއެވެ.
މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އާހަމައަށް މޫސުން ކުރިއަށް ލަފާކުރާގޮތް ހާމަކޮށް އެ އިދާރާއިން ބުނީ، ވައި ޖެހޭނީ، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 6 މޭލާ 16 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށެވެ.
އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ