އެއާޕޯޓަަށް އަރާ ގެތަކުގެ ތެރެއިން ދެ ގޯތީގެ ބަދަލުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ކުޅުދުއްފުށީ އެއާޕޯޓަަށް އަރައި ގެތަކުގެ ތެރެއިން ދެ ގޯތީގެ ބަދަލުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
18 ގޯތީގެ ތެރެއިން 16 ގޯއްޗަކަށްވާ ބަދަލުގެ ފައިސާ އެ ގެތަކުގެ ވެރިންނަށް ހަވާލުކޮށް ނިންމާފައިވާކަމަށް ރީޖަނަލް އެއާޕޯޓްސް ބުނެ އެވެ. އަދި އެ 16 ގެއެއް ހުސްކޮށް އެތަންތަން މިހާރު ވަނީ ތަޅާލާފަ އެވެ.
އެތަނުން ދެ ގޯއްޗެއްގެ އަގުގެ ބަދަލާމެދު ހިތްހަމަ ނުޖެހިގެން ހައިކޯޓްގައި މައްސަލަ އިސްތިއުނާފުކޮށްފައިވަނީ ކުޅުދުއްފުށީ، ޑޭޒީވިލާ/ އަލީ އިސްމާއިލް އާއި އެރަށު ކުލަވަރުގެ، މޫސާ ހަސަން އެވެ.
އަލީ އިސްމާއީލުގެ ގޯއްޗަކީ ދެބުރިއަށް އިސްޓްރަކްޗަރ ހަދައި، ގޭގެ ތިރީބައި ނިންމާ، ދިރިއުޅޭ ގެއެއް އެކެވެ. އަދި އެތަނުގައި 4 ކޮޓަރި ނިމި މީހުން ދިރިއުޅޭއިރު، އެހެން އިމާރާތްތަކާއި ކާގެ އާއި ވަޅާއި، އަދި ވަށާފާރު ވެސް ރާނާފައި ހުރި ގެ އެކެވެ.
އެ ގޭގެ ބަދަލުގެ ގޮތުގައި ދޭން ނިންމާފައިވަނީ 851،560.00ރ އެވެ. އެވަރުގެ ގެއެއް ރާއްޖޭގެ އެއްވެސް ހިސާބެއްގައި އިމާރާތެއް ނުކުރެވޭނެކަމަށް އަލީ އިސްމާއިލް ދެކެ އެވެ. އޭނާ ބުނީ ހަމައެކަނި ވަށާފަރު ރާނަންވެސް 30 ހާސް ރުފިޔާއަށްވުރެ މަތިވާނެކަމަށާއި ކުޅުދުއްފުށީގެ އަގުތަކަށް ބަލައި އެފަދަ ގެއެއް އިމާރާތްކުރެވޭނީ 19 ލައްކަ ރުފިޔާއިންކަމަށެވެ.
ގެތަކުގެ އަގުތައް ކޯޓުން ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ގޮތަށް !
ކުލަވަރު، މޫސާ ހަސަންގެ ގެއަކީ 3856 އަކަފޫޓްގެ، ވަށާފާރު ރާނާ، 4 ކޮޓަރި، ތިން ފާހާނާ، ސިޓިންގ ރޫމްއަކާއި 1089 އަކަފޫޓްގެ އިމާރާތްތަކާއި، ވަކިން ހަދާފައިވާ ހުރި 126 އަކަފޫޓްގެ ކާގެ އެއް ހުރެ އެވެ. އަދި އެގޭގައި ފަހަތު ބައިގައި އެކިއެކި ބޭނުންތަކަށް ތަކެތިލުމަށް ހަދާފައިވާ 206، 205 އަކަފޫޓްގެ ދެ ގެއެއް ހިޔާކޮށްފައިހުރެ އެވެ.
ސަރުކާރުން ކުލަވަރުގެ ގޭގެ ބަދަލުގެ ގޮތުގައި ދައުލަތުން ކަނޑައެޅީ 670،643ރ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ