ޖެމްސް މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ މައްޗައް އިއްވި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި

ޖެމްސް ހުއްޓުވި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން މިއަދު ހުށަހަޅައިފިއެވެ.
އުއްތަމަ ފަނޑިޔާރަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ސަރުކާރުގެ އެއް އޮފީހުން އަނެއް އޮފީހަށް ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމްކޮށްފައިވާ ގަވަރުމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ސުޕްރީމް ކޯޓުން މެދު ކަނޑާލަން އުއްތަމަ ފަނޑިޔާރު އަމުރުކުރިކަން ސާބިތުވާކަމަށެވެ.
މިއަދު 10:15 ގައި ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ބެންޗުން ހުކުމް އިއްވާފައިވަނީ އެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މީގެ އިތުރުން ދަށު ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައިވެސް އުއްތަމަ ފަނޑިޔާރަށް އެއް އަހަރާއި ހަތް ހަމާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ