ފުރަތަމަ ފަހަރަށް އެފްރިކާގެ ޓީމަކުން ޔޫރަޕްގެ ޓީމެއްގެ ގޯލު ފޫއަޅުވާލި މަންޒަރު މިހާރު ރަޝިޔާގައި ކުރިއަށްދާ ވޯލްޑް ކަޕް 2018ގެ ރޭގެ އިނގިރޭސިންނާ ތޫނިސް ކުޅުނު މެޗުން ފެނިގެން ދިޔައެވެ.
ވޯލްޑް ކަޕްގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ޖީ ގައި ރޭ ކުޅެވުނު ފުރަތަމަ މެޗުގައި މި ތާރީޚީ ގޯލު ޖަހާފައިވަނީ މެޗުގެ 35 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ފެޖާނީ ސަސީ އެވެ.
މި ޕެނެލްޓީއަކީ މެޗުގެ 11 ވަނަ މިނިޓުގައި އިނގިރޭސިން މެޗުގެ ފުރތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނިކޮށް، މެޗުގެ 35 ވަނަ މިނިޓުގައި އޭރިއާ ތެރެއިން އެ ޓީމުގެ ފަރުހުއްދީން ބޯޅައަށް އެރި ވަގުތު އިންގްލޭންޑްގެ ޑިފެންޑަރ ކައިލް ވޯކާ އޭނާގެ މޫނުގައި ޖެހުމުގެ ސަބަބުން ލިބުނު ޕެނަލްޓީ އެކެވެ.
މި ލަނޑަ އެކު މެޗުގެ ނަތީޖާ ހަމަ ހަމަ ވެގެން ދިޔަނަމަވެސް މެޗު ނިމިގެން ދިޔައީ 2-1 ނަތީޖާއަކުން އިނގިރޭސިން މޮޅުވެގެންނެވެ.
މި މެޗު އިނގިރޭސިންނަށް ކާމިޔާބުކޮށްދިން ދެ ލަނޑުވެސް ޖަހާދިނީ އެޓީމުގެ ކެޕްޓަން ހެރީ ކޭން އެވެ.
މި މެޗުގައި އިނގިރޭސި ޓީމުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ މިހާތަނަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ހަމަލާ އުފެއްދި ޓީމަށްވެސް ވެފައެވެ.
ރޭގެ މި މެޗުގައި ޓިއުނީޝިއާގެ އެއްވަނަ ކީޕަރު މުއިޒް ހަސަން ގެ ކޮނޑުހުޅަށް ވަނީ އަނިޔާވެފައެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ބަދަލުކުރަން ޖެހި މެޗުގެ ބާކީ ބައި ފުރިހަމަކުރަން ޖެހުނީ ބަދަލު ކީޕަރު ބެން މުސްތަފާ އެވެ.
މި ގްރޫޕުގައި ދެން ހިމެނޭ ޕެނަމާ އާއި ބެލްޖިއަމް ބައްދަލުކުރި މެޗު ބެލްޖިއަމް ކާމިޔާބުކުރީ 3-0 އިންނެވެ.
ޓިއުނީޝިއާ އާއި އިންގްލޭންޑް ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބައްދަލުކޮށްފަ އެވެ. އެ ފަަހަރު އިންގްލެންޑް މޮޅުވީ 2-0 އިންނެވެ. މި ގްރޫޕުގެ މެޗެއް ދެން ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގައެވެ. އެ ދުވަހު ހަވީރު ބެލްޖިއަމް އާއި ޓިއުނީޝިއާ ބައްދަލުކުރާއިރު އިންގޭންޑާއި ޕެނަމާ ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރެވެ.
ވޯލްޑް ކަޕް 2018: ފުރަތަމަ ފަހަރަށް އެފްރިކާގެ ޓީމަކުން ޔޫރަޕް ޓީމެއްގެ ގޯލު ފޫއަޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ