ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ތެރެއިން ވަގަށް ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން މިލިއަނުން ފައިސާ ހޯދި ކަމަށް ބެލެވޭ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔަސީން މަގާމުން ވަކިކޮށްފި އެވެ.
ޔަސީން މަގާމުން ވަކި ކުރި ނަމަވެސް އޭނާގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެއް ނުވެ އެވެ.
އަދަދު އާ ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ޔަސީންގެ މައްސަލަ މީޑިއާގައި ފެންމަތިވުމުން އެކަން ބެލުމަށްފަހު މަގާމުން ވަކިކުރަން ނިންމީ ކަމަށެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ސަރުކާރުގެ ސްކީމްތަކުން ފްލެޓާއި ގޯތި ޔަގީންކޮށްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނާއި ފަނޑިޔާރުން އަދި ބައެއް އާންމުން އަތުން ވެސް ޔަސީން ފައިސާ ހޯދާފައިވެ އެވެ.
ފްލެޓް ދޭނެ ކަމަށް ބުނެ މީހުން އަތުން ދެ ލައްކަ ރުފިޔާ އާއި ހަތަރު ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޔަސީން ފައިސާ ހޯދާފައިވާއިރު، ބިން ދޭނެ ކަމަށް ބުނެ ބައެއް މީހުން އަތުން ތިން މިލިއަން ރުފިޔާ އޭނާ ހޯދާފައިވާކަން މި ނޫހަށް އެނގިފައިވެ އެވެ.
އޮޅުވާލައިގެން އޭނާ ހޯދި ފައިސާގެ އަދަދު ގާތްގަނޑަށް 25 މިލިއަނަށް ވުރެ ގިނަ ވާނެ ކަމަށް އެ ކަމުގެ ބައެއް މައުލޫމާތު އެނގޭ މަސްދަރަކުން މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.
ޥަގަށް ގޯއްޗާއި ފްލެޓު ހޯދައިދޭނެ ކަމަށް ބުނެ މިލިއަނުން ފައިސާ ނެގި ކަމަށް ބެލެވޭ ޑެޕިއުޓީ މިނިސްޓަރަކު މަގާމުން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ