ރައީސް މައުލޫމާތު ދެއްވީ ލޯންޗްގައި އެއްޗެއް ގޮއްވި ހާދިސާއާ ގުޅޭ ގޮތުން: ގާސިމް
ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އަދި އެމްޑީއޭގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާ ރައީސް އަބްދުﷲ ޔާމީން މިއަދު 2:30 ގައި މުލިއާގޭގައި ބައްދަލުކުރައްވާ ގޮތަށް ހަމަޖައްސަވައިފި އެވެ.އެމަނިކުފާނުގެ މި ބައްދަލުކުރެއްވުމުގެ މަގުސަދެއް އަދި ނޭނގެ އެވެ. އެކަމަކު ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސްގެ ރަސްމީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅޭ ގޮތުން ބައެއް މައުލޫމާތު ހިއްސާކުރެއްވުން ވަރަށް ކައިރި އެވެ.ރައީސް ޔާމީން އިއްޔެ ވަނީ ފުލުހުންގެ އިސް ވެރިންނާ، ފުލުހުންގެ މައި އިދާރާގައި ވެސް ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ދެއްކެވީ ކޮން ވާހަކަތަކެއް ކަމެއް ނޭނގެ އެވެ. ސަރުކާރުން އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ނުދެ އެވެ.ރައީސްގެ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮވާތަން ފެންނަ ވީޑިއޯ އިން ކެޕްޗާކޮށްފައިވާ މަންޒަރެއް: ތަހުގީގު ދަނީ ކުރިއަށް ސަރުކާރުން ބުނެފައި ވަނީ ސެޕްޓެމްބަރު 28 ގެ ހަމަލާގެ އަމާޒަކީ ސީދާ ރައީސް ޔާމީން އަވަހާރަކޮށްލުން ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ އިރު، ރައީސް ޔާމީން ވަނީ ނެޝަނަލް އިންކުއަރީ ކޮމިޝަންގެ ނަމުގައި ވަކި ކޮމިޝަނެއް ވެސް އުފައްދަވައިފަ އެވެ.ގޮއްވުމުގެ ހާދިސާގެ ތަހުގީގާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އެ މައްސަލާގައި ސިފައިންގެ ދެ މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް މިހާރު ވަނީ ޖަހައިފަ އެވެ.އެ ދެ މީހުން ހައްޔަރުކުރީ ލޯންޗުގައި އެއްޗެއް ގޮވި ފަހުން، ހުއްދަ ނެތި އެއަށް އެރުމާއި ހެކި ނައްތާލުމުގެ ތުހުމަތުގައިކަން "ހަވީރަ"ށް ނުރަސްމީކޮށް އެނގިފައިވެ އެވެ.ހަމަލާގައި މައިބަދައިގެ ކަށިތަކަކަށް ލިބިވަޑައިގެންނެވި އަނިޔާއާ ގުޅިގެން ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމަށް އައިޖީއެމްއެޗުގައި އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ