ފަންނީ މައުލޫމާތާއި އަޚުލާގީ މިންގަނޑުތަކާއި ލީޑަރޝިޕް ހުނަރުތަކާއި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ "ބްލޫސް ރީ-ޓްރެއިނިންގ ޕްރޮގްރާމް 2026" ފަށައިފިއެވެ.
މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައި ހިންގޭ ފުރަތަމަ "ބްލޫސް ރީ-ޓްރެއިނިންގ" ޕްރޮގްރާމެވެ. މިއީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ސެންޓަރ ފޯ ޕަބްލިކް ސޭފްޓީ އެންޑް ސެކިޔުރިޓީ ސްޓަޑީޒް އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޖުލައި މަހުގެ 18އިން ފެށިގެން 5 ދުވަހުގެ މުއްދަތަށް ދ. ވާނީ ގައި ކުރިއަށްގެންދާ މި ޕްރޮގާރާމުގެ މަގުސަދަކީ ޒަމާނީ ފުލުހުންގެ ޚިދުމަތުގައި ދިމާވާ ގޮންޖެހުންތަކަށް ފުލުހުން އަހުލުވެރިކުރުވުން ކަމަށް އެ ޚިދުމަތުން ވިދާޅުވެއެވެ. ޒިންމާދާރު، ފަންނީ އަދި ރައްޔިތުންނާ ގާތުން ހިދުމަތްދޭ ފުލުހުންގެ މުއައްސަސާއެއް ބިނާކުރުމަށް މަގުފަހިކުރުވުމަކީވެސް މި ޕްރޮގްރާމުގެ މަގުސަދެއް ކަމަށް ވިދާޅުވެއެވެ.
މި ޕްރޮގްރާމުގައި، "އިންޓާނަލް އެތިކްސް ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް އޭއައި" ، އޮޕަރޭޝަނަލް ޕޮލިސިންގ އާއި ސިނާރިއޯ ބޭސްޑް ޓްރެއިނިންގެ އިތުރުން ކޭސް ސްޓަޑީޒް އަދި ޓީމް ބިލްޑިން ފަދަ މޮޑިއުލްތައް ކިޔަވައިދޭނެއެވެ. އަދި ދިމާވާ ތަފާތު ހާލަތްތަކުގައި އަވަސް އަދި ރަނގަޅު ނިންމުންތައް ނިންމުމާއި މައްސަލަ ހައްލުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ އިތުރުން މުއާމަލާތް ކުރުމުގައި ވިސްނަންޖެހޭ ކަންކަމާއި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުނަރު ތަރައްގީކުރާނެއެވެ.
މި ޕްރޮގާރަމަކީ، މުއައްސަސާގެ ކުރިއެރުމަށާއި، އައު އީޖާދުތަކަށް އަހުލުވެރިވުމަށާއި، ޒަމާނީ ގޮންޖެހުންތަކާ ކުރިމަތިލެވޭ ފަދަ، އަހުލާގު ރަނގަޅު، ހުނަރުވެރި ފުލުހުން ބިނާކުރުމަށް މުހިންމު ޕްރޮގްރާމެއް ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
މި ޕްރޮގާމްގެ ފުރަތަމަ ބުރު އަމާޒުކޮށްފައި ވަނީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ކޮންސްޓަބަލް ރޭންކާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކާ ދެމެދުގެ ފުލުހުންނަށެވެ. މި ޕްރޮގްރާމުގައި 98 ފުލުހުން ބައިވެރިވެއެވެ.
ފުލުހުންގެ ފުރަތަމަ "ބްލޫސް ރީ-ޓްރެއިނިން" ޕްރޮގްރާމް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ