ތޮއްޑޫ ދާއިރާގެ މެންބަރުގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހައިފި

ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ހަސަން (އެވިލާ) ގެ ލޮލަށް ފުލުހުން ޕެޕަރސްޕްރޭ ޖަހައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޑރ. ޙުސައިން ރަޝީދު ވިދާޅުވީ ގިނަ ބައަކު ސަލްސާ ރޮޔަލް ސަރަހައްދުގައި އެބަތިބި ކަމަށާއި އެމީހުން ޤާނޫނާއި ޤަވައިދާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.
މިއަދުނޫހުގެ ރިޕޯޓަރު ބުނީ އެއްވެ ތިބި މީހުން ގެންދަނީ ފުލުހުންގެ އެންގުންތަކަށް އަމަލުކުރަމުން ކަމަށެވެ. "ފުލުހުން އަންގާހައި ތަނަކަށް މީހުން އެބަ ފަހަތައް ޖެހޭ. އެމީހުން ގޮވަނީ އެންމެ ކަމަކަށް އެއީ އަނިޔާވެރި ނުވުމަށާ ޤާސިމް އިބްރާހީމް މިނިވަންކުރުމަށް."
ޕެޕަރ ސްޕްރޭ ޖެހުމުން ގިނަ ބައަކަށް ވަނީ އެކަމުގެ ގެއްލުންތައް ލިބިފައެވެ. ރޭ ވެސް ފުލުހުން ވަނީ ޢާންމުންގެ ލޮލަށް ޕެޕަރސްޕްރޭ ޖަހައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ