ޤާނޫނު އަސާސީ އަކީ "އެމީހަކު ކާހިތްވާއެއްޗެއް ނަގައިގެން ކާން އަދި ކާން ބޭނުން ނޫން ތަކެތި ނުނަގައި ނުކާން" އިޚްތިޔާރު އޮންނަ ބުފޭއެއް ނޫން ކަމަށް މަޝްހޫރު ޤާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
މައުމޫން ހަމީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޤާނޫނު އަސާސީއަކީ ބުފޭއެއް ނޫން ކަމަށާއި ޤަނޫނު އަސާސީގެ ބާރު ވަކިމީހަކަށް ނުބަލައި އެއް ހަމައަކުން ދަމަހައްޓައި ތަންފީޒުކުރަންޖެހޭ ކަމަށެވެ.
ޤާނޫނު ކުރިމަތީ އެންމެން ހަމަހަމަކަމަށާއި ޤާނޫނު އަރާހަމަކުރާނެ ކަމަށާއި ނަމަވެސް ފުލުހުންގެ އަމަލުތަކުން ފެންނަމުންދަނީ ތަފާތުކޮށް ކަމަށެވެ. ފުލުހުން ތަޙްޤީޤްކޮށް ޕީޖީއަށް ޤާސިމް އިބްރާހީމްގެ މައްސަލަ ފޮނުވުމަށްފަހު އަނބުރާ ގެންދިއައީ ހައިކޯޓުން ހޯދަން ޖެހޭ އަމުރަށް ރެކެންތޯވެސް މައުމޫން ހަމީދު ވަނީ ސުވާލުކުރައްވައިފައެވެ.
ޤާސިމް އިބްރާހީމް ހައްޔަރުކުރީ އިންޓެލް ރިޕޯޓެއްގެ މައްޗަށް ކަމަށްވުމުން އެނެގެނީ އެމަނިކުފާނުގެ މައްޗަށް އެއްވެސް ހެއްކެއް ނެތްކަމާއި ޔޯލަޔޯލަ ވާހަކަތަކެއްގެ މައްޗަށްކަން ހާމަނުވޭތޯ ވެސް މައުމޫން ހަމީދު ވަނީ ސުވާލުކުރައްވައިފައެވެ.
ޤާނޫނު އަސާސިއަކީ ބުފޭއެއް ނޫން: މައުމޫން ޙަމީދް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ