ޕާކިސްތާނުގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި 22 މީހުން މަރުވެއްޖެ

ޕާކިސްތާނުން ބަލަހައްޓަމުންދާ ކަޝްމީރުގެ ސަރަހައްދެއްގައި އެގައުމުގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި، އޭގައި ދަތުރުކުރި 22 ސިފައިން މަރުވެއްޖެއެވެ.
ހެލިކޮޕްޓަރު ވެއްޓެން ދިމާވި މައްސަލަ ބެލުމަށްޓަކައި އަސްކަރިއްޔާއިން މިހާރު ވަނީ ތަހުގީގު ބޯޑެއް އެކުލަވާލާފައެވެ. މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރާއި، ރައީސް އާސިފް އަލީ ޒަރުދާރީގެ އިތުރުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ހިތާމަ ފާޅުކުރައްވާފައެވެ.
ޕާކިސްތާނު އަސްކަރިއްޔާގެ އެވިއޭޝަން ވިންގުން އުސް ފަރުބަދަ ސަރަހައްދުތަކަށް މީހުންނާއި ތަކެތި އުފުލުމަށް ޒަމާނުއްސުރެ އެންމެ ބޮޑަށް ބޭނުންކުރަމުން އަންނަނީ ސޮވިއެޓް ޔޫނިއަނުން އުފައްދާފައިވާ މިފަދަ އެމް.އައި-17 މާކްގެ ހެލިކޮޕްޓަރުތަކެވެ. ނަމަވެސް، ޕާކިސްތާނުގެ އުތުރުގެ ނާޒުކު އަދި އުސް ފަރުބަދަ ސަރަހައްދުތަކުގައި މިދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި މި މޮޑެލްގެ ހެލިކޮޕްޓަރުތަކަށް ނުރައްކާތެރި އަދި ފުރާނަދާފަދަ އެތައް ހާދިސާތަކެއް ވަނީ ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ