ތޮއްޔިބު ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފި

ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތޮއްޔިބު ޝަހީމް ދޫކޮށްލުމަށް ހައި ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.
ތޮއްޔިބުގެ ވަކީލު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ ތޮއްޔިބު ދޫކޮށްލީ ތިން ޝަރުތަކާ އެކު ކަމަށެވެ. އެކަމަކު އަދި އޭގެ ތަފުސީލެއް ނުލިބެ އެވެ.
"ހައި ކޯޓުގެ ހުކުމުގައި އޮތީ ތޮއްޔިބު މިއަދު ދޫކޮށްލުމަށް،" ނާޒިމް ވިދާޅުވި އެވެ.
ތޮއްޔިބު ދޫކޮށްލުމުގެ އަމުރު އައި އޭނާގެ ބަންދުގެ މުއްދަތު މިހާތަނަށް ތިން ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވާއިރު، އޭގެ ތެރެއިން އެއް އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.
ތަފުސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ