ހދ އަތޮޅު ގޮނޑަކަށް ހަދަން ފުރުސަތެއް ނުދެވޭނެ: ނެއްލައިދޫ ރައީސް

ތިލަފުށީ ސައިޓުގައި ރޯވެ އެނދި ކުނިތައް ހދ ކުނބުރުދޫއަށް ގެންދަން ނިންމާފައިވާތީ އެކަމާ ހދ ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އިލްހާމްވެސް ދެކޮޅުހައްދަވައި ހދ އަތޮޅު ގޮނޑަކަށް ހަދާކަން ފުރުސަތެއް ނުދެވޭނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ނެއްލައިދޫ ކައުންސިލް ރައީސް އިލްހާމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރީޖަނަލް ވޭސްޓް ކަލެކްޓް ސެންޓަރަށް ކުނި ގެންނަން ރީޖަންގެ ރަށްތަކަށް ފުރުސަތުނެތްއިރު ތިލަފުށިން ކުނި ކުބުރުދޫއަށް ގެންނަނީ ކޮން އުސޫލަކުންތޯ ސުވާލު އުފައްދަވާފަ އެވެ.
ތިލަފުށީގެ ކުނިތަކުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެ ސަރަހައްދުގެ ކުނި ބަލައިގަންނަ މިންވަރު މަދުކޮށް، އެނދި ހުރިހާ ކުންޏެއް ހދ ކުނބުރުދޫގައި ހުންނަ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވަނީ ވިދާޅުވެފަ އެވެ.
"ދެން މިކަމާ ދޮކޮޅަށް ނިކުންނަން އެލް.ޖީ.އޭ ރައުޔުއެއް ހޯދަން ޖެހޭނެ ބާ! ތިލަފުށިން ކުނި ގެންނަން އެންމެ ކައިރިން ފަޅުރަށަކަށް އޮތީ ހދ އަތޮޅުގައި ތޯ؟" އިލްހާމް ވިދާޅުވި އެވެ.
ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް އާއި ކުރިނބީ ކައުންސިލްގެ ރައީސް އަލީ ވިސާމްވެސް ވަނީ އެކަމާއި ދެކޮޅު ހައްދަވައި ވާހަކަދައްކަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ